ލޮބްސްޓަރ ޖާފަތަކަށްވެސް ފަސް ލައްކަ ޑޮލަރު ޚަރަދުކޮށްފައިވޭ

ފްރާންސްގެ ރައީސްގެ އޮފީހުގެ ބަޖެޓު ހުސްވެފައިވާއިރުވެސް މެކްރޮން ވަނީ ބޮޑެތި ޢަދަދުތަކުން ހޭދަކުރައްވާ ފައެވެ. ފްރާންސްގެ ރިއާސީ ގަނޑުވަރު އެލީޒޭގެ ޚަރަދުތައް އޮޑިޓް ކުރުމަށް، ކޯޓު މެދުކޮށް ކުރި މަސައްކަތުން ފާހަގަ ވެފައިވަނީ އިނގިރޭސި ޗާލްސް ރަސްގެފާނުގެ ރޭގަނޑުގެ ފަރިއްކޮޅަށް ލޮބްސްޓަރއަށްވެސް މެކްރޮން، ފަސްލައްކަ ޑޮލަރު ހޭދަ ކުރައްވާފައިވާ ކަމަށެވެ.

ކޯޓުގެ އޮޑިޓުން ހާމަވީ، އެލީޒޭ ގަނޑުވަރުގެ ބަޖެޓު ނުވަ މިލިއަން ޑޮލަރަށް ދަރަނިވެފައި ވާއިރުވެސް ޚަރަދުތައް ހުއްޓައި ނުލައްވައި ކުރައްވާފައިވާ ކަމަށެވެ. އަދި ޗާލްސްއާ އެއްފަދައިން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީއަށްވެސް އަގުބޮޑު ޖާފަތެއް އެރުވިކަން ފާހަގަ ވެފައި ވެއެވެ.

މެކްރޮން ވަނީ އަގު ބޮޑު ދަތުރުތައް ރޭވުމަށްފަހު، ފަހު ވަގުތު އެ ދަތުރުތައް ކެންސަލް ކުރައްވާފައެވެ. އަދި އެފަދަ ބައެއް ދަތުރުތައް ނުކުރައްވައި ނުވަ ލައްކަ ޑޮލަރާއި ފަސްލައްކަ ޑޮލަރު ހޭދަކޮށްފައިވާ ކަންވެސް ފާހަގަ ވެފައި ވެއެވެ.

ހިއްސާ ކުރައްވާ!