އީމާންއަށް ގަނާ ކުރުމުން ރޯލިންގއާ މަސްކާ ދެކޮޅަށް ދަޢުވާ ކޮށްފި

އަލްޖީރިއާގެ ބޮކްސިން ޗެމްޕިއަން އަދި އޮލިމްޕިކް ރަން މެޑަލް ހޯދި އިމާން ޚަލީފްއަށް މަޢުލޫމާތުގެ ރަސްމަގުގައި ގަނާ ކުރިކަމުގެ ދަޢުވާ، ލިޔުންތެރިޔާ، ޖޭކޭ ރޯލިންގް އާއި މަހާ ސާދާގަރު، އެލޮން މަސްކާ ދެކޮޅަށް ހުށަހަޅައިފިއެވެ.

މި ދެމީހުންގެ ނަން ދައުވާގައި ހިމަނާފައިވާ ކަމަށް ވެރައިޓީ މަޖައްލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. މި ދައުވާ އަކީ އެފަރާތްތަކުން، ޕެރިސް 2024 އޮލިމްޕިކް ގޭމްސްގެ ތެރޭގައި އީމާންއާ ބެހޭ ގޮތުން އެކްސް ގައި ކުރި ޕޯސްޓްތަކާ ގުޅިގެން ކޮށްފައިވާ ދަޢުވާއެކެވެ.

އީމާންގެ ވަކީލު އެ ދައުވާ ހުށަހަޅާފައި ވަނީ ޕެރިހުގެ އެންޓި އޮންލައިން ހެޓްރެޑް ސެންޓާ އަށެވެ. އީމާންގެ ވަކީލު ބުނެފައި ވަނީ ޓްރަމްޕްގެ ނަން ދައުވާގައި ބަޔާންކޮށްފައި ނެތަސް އޭނާއާ ދެކޮޅަށްވެސް ތަޙުޤީޤު ހިންގޭނެ ކަމަށެވެ. ފްރާންސްގައި މަޢުލޫމާތުގެ ރަސްމަގުގައި ބުލީ ކުރުމުގެ އަދަބަކީ ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ނޫނީ ބޮޑު އަދަދަކުން ޖުރިމާނާ ކުރުމެވެ.

ހިއްސާ ކުރައްވާ!