އަޔަލޭންޑްގެ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަށް އިންތިޚާބުވެ ވަޑައިގަތް، މައިކަލް މާޓިން އަށް އިންޑިއާގެ ބޮޑު ވަޒީރު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ނަރެންދުރަ މޯދީ ވިދާޅުވީ އިންޑިއާއާއި އަޔަލޭންޑާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ޕާޓްނަޝިޕް އިތުރަށް ހަރުދަނާ ކުރުމަށް އިންޑިއާ އިން ކުރިއަށް ވިސްނާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނެގި ވޯޓަކަށް ފަހު ދެވަނަ ދައުރަކަށް ރިޕަބްލިކް އޮފް އަޔަލޭންޑްގެ ބޮޑުވަޒީރު ކަމަށް މައިކަލް މާޓިން ވަނީ އިންތިހާބުކޮށްފަ އެވެ.
ފިއާނާ ފޭލް ޕާޓީގެ ލީޑަރު މާޓިން އަށް ލިބިވަޑައިގަތީ، 95 ވޯޓެވެ. އަދި އިދިކޮޅުން ކުރިމަތިލެއްވި ވާދަވެރިޔާއަށް 76 ވޯޓު ލިބިވަޑައި ގަތެވެ.
މާޓިންގެ ސަރުކާރަކީ، ގުޅިފައިވާ ޕާޓީތަކުން އެކުލަވާލާފައިވާ ކޮއެލިޝަނެކެވެ.

