އިނގިރޭސިންގެ އިސްތިއުމާރާ ދެކޮޅަށް އިހުތިޖާޖު ކުރަނީ 1920ގައި. ރައުޟަތުލް މައާރިފް ނަމަކަށް ކިޔާ ބިލްޑިންގެއްގައި

1920ގައި ޣައްޒާގެ މައި މަގެއް. ފަހަތުން މަޝްހޫރު ޣައްޒާ ޓަވަރު

އިނގިރޭސި ހައިކޮމިޝަރުގެ އިސްތިއުމާރީ ސިޔޠާސަތުތަކާ ދެކޮޅަށް އޭނާގެ ގޭގެ ބޭރުގައި ފަލަސްޠީނުގެ އަންހެނުން މުޒާހަރާ ކުރަނީ. 1929ގައި

އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް ފަލަސްޠީނު މީޙުން މުޒާހަރާ ކުރަނީ 1933ގައި

1936ގައި ހަޅުތާލު ކުރި ދުވަހެއްގައި ޤުދުސްގެ ރަން ބާޒާރުގައި ތަޅު އަޅުވާފައި

ފަލަސްޠީނުގެ މިނިވަންކަމުގެ މަޝްވަރާއަށް އިނގިރޭސިވިލާތަށް ދިޔަ ފަލަސްޠީނުގެ ވަފްދު 1920ގައި

ޒަޔަނިސްޓުން ފަލަސްޠީނަށް ގެނައުމާ ދެކޮޅަށާއި ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާނެ ކަމަށް ވައުދުވެ 1936ގައި ކުރި މުޒާހަރާ.

1938ގައި ޖެނިންގައި އިނގިރޭސި އިސްތިއުމާރުން ފަލަސްޓީނު މީހެއްގެ ގެ ތަޅާލާފައި. އެމީހާއަކީ އިސްތިއުމާރާ ދެކޮޅު ހެދުމަށް ނިކުތް ލީޑަރެއް.

ޖެނިންގައި ގޮއްވާލާފައިވާ އަވަށެއް. މިއީ އިސްތިއުމާރާ ދެކޮޅަށް މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް އިނގިރޭސި އިސްތިއުމާރުން އެއިރުވެސް އަމަލު ކުރި ގޮތް.

ފަލަސްޠީނު މީޙުންގެ އައިޑީ ކާޑް ޗެކް ކުރުމަށް އިނގިރޭސި އިސްތިއުމާރުގެ ސިފައިން ފަލަސްޠީނު މީހުން ސަފަކަށް އަތުރާލާފައި

1938ގައި: ބަހަކުން ދަތުރު ކުރަމުންދިޔަ ފަލަަސްޠީނު މީހުން ބާލައިގެން އިސްތިއުމާރީ ސިފައިން އެމީހުން ފާސްކުރަމުން ދަނީ

އައިޑީ ކާޑް ހެދުމަށް ފަލަސްޠީނު މީހެއްގެ ފޮޓީ ނަގަނީ 1938ގައި

1938ގައި އިނގިރޭސި އިސްތިއުމާރާ ދެކޮޅު ހެދުމުގެ ގޮތުން ޚަލީލު ސިޓީގައި ހުރި ބާކްލޭޒް ބެންކު ގައި ފަލަސްޠީނު މީހުން ހުޅުޖަހާލި

އިނގިރޭސި އިސްތިއުމާރަށް ވާގިވެރި އޮސްޓްރޭލިއާ ސިފައިން 1940ގައި ގުދުސްގައި މާޗްކުރަނީ

ފަލަސްޠީނުގެ ފުރަތަމަ ސްޓޭމްޕް ޗާޕުކުރުން 1920ގައި.

1938ގައި ނެރެފައިވާ ފަލަސްޠީނުގެ ސްޓޭމްޕެއް

ޙަރަމްފުޅު، މަސްޖިދުލްއަޤްޞާގެ ބުރާގު ފާރު (މިއީ ޔަހޫދުން ދުއާކޮށް އަޅުކަން ކުރަން ތިބޭތަން މިހާރު ފެންނަ ފާރު)

1937ގެ ފޮޓޯއެއް؛ ދުރުން އެ ފެންނަނީ ޔަފާގެ އަލްޙަމްރާ ސިނަމާ. މިހާރު ޔާފާއަކީ ޒަޔަނިސްޓު ޔަހޫދުންގެ ވެރިރަށް ކަމަށް ބުނާ ޓެލްއަވީވް

ރާމަﷲގެ އަންހެނުންގެ ޖަމުއިއްޔާގެ މެމްބަރުން

1938ގައި: ފަލަސްޠީނު އަންހެނުންގެ ވަފްދެއް، ފަލަސްޠީނުގެ އައްލުއްދު ސްޓޭޝަނުން މިސްރުގެ ޤާހިރާއަށް ރޭލުގައި ދަތުރު ފެށުމުގެ ކުރިން.

ފަލަސްޠީނުގެ ތަރުކާރީ ބާޒާރެއް

ޤުދުސްގައި ރަން ފިހާރައެއްގައި

ނާބުލުސްގެ އަލިފާން ފޮށި އުފައްދާ ފެކްޓްރީގައި

ފަލަސްޠީނު މީހުން ބަކަރި ހުއިހައްޕަނީ. 1900އާއި 1920އާ ދެމެދުގެ ފޮޓޯއެއް. ކައިރިން ފެންނަނީ އެތައް ސަތޭކަ އަހަރުވެފައިވާ ޒައިތޫނި ގަސްތައް

ބިއުރުއްސަބަޢަ ގައި ދަނޑުވެރިން ދަނޑުކޮށަށް ގޮސްތިބުމުގެ ތެރޭގައި. 1898ގެ ފޮޓޯއެއް

1947 ރާމަﷲގައި ޒުވާން އަންހެނުން

ރާމަﷲގެ ކުއޭކަރ މިޝަން ސްކޫލުގެ މެމްބަރުން

ރާމަﷲގެ ފުޓުބޯޅަ ޓީމް: 1938

ރާމަﷲގެ ކިޔަވާކުދިންގެ ގްރޫޕެއް

ޚަލީލު ސިޓީ (ހެބްރޮން) ގައި ލޯފަން ކުދިންނަށް ބްރެލް ކިޔަވައިދޭ ސްކޫލެއް. 1940

މުސްލިމު ޔަތީމުޚާނާއެއްގެ ކުދިންގެ ބޭންޑް 1940

ފަލަސްޠީނުގެ ޚަލީލު ސިޓީގެ ހޮސްޕިޓަލްގައި އަންހެނުންގެ ވޯޑް

ފަލަސްޠީނުގެ ފުރަތަމަ ރޭޑިއޯ ދުރަށް ފޮނުވުމުގެ ޚިދުމަތް ރާމަﷲގައި ފެށުން 1936ގައި.

ފަލަސްޠީނުގެ ރޭޑިއޯގެ މިއުޒިކް ސްޓާފުން 1938

ފަލަސްޠީނު އިސްތިއުމާރު ކުރަން ދިޔަ އިނގިރޭސި ސިފައިން 1920ގައި ޤުދުސްގައި

އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް ނިކުތުމަށް މަޝްވަރާ ކުރުމަށް ފަލަސްޠީނުގެ ލީޑަރުން މަޝްވަރާއަށް އެއްވެ. 1920ގައި






