މޯލްޑިވްސް އިމިގްރޭޝަންގެ އަލިމަސް ޔޫބީލްގެ މުނާސަބަތާ ގުޅުވައިގެން ރައީސުލްމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.
އިމިގްރޭޝަނަށް 75 އަހަރު ފުރުމުގެ މުނާސަބާގައި އެ ދާއިރާގައި ކުރީން މަސައްކަތްކޮށްދެއްވި، އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ޚިދުމަތްތެރީންނަށް ރައީސް ވަނީ ތަހުނިޔާ ފޮނުއްވާފައވެ.
. ރައީސް ތަހުނިޔާ ފޮނުއްވީ މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އަލިމަސް ޔޫބީލް ފާހަގަކުރުމަށް އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އިމިގްރޭޝަނުންވަނީ ނިންމާފައި ވެއެވެ. އަދި ރަސްމީ ޖަލްސާއަކާއި، ފަންފެއަރ، ޗެރިޓީ ރަން، އަދި ކުޑަކުދިންގެ ހަވީރީ ކުއިޒް އެއް ކުރިއަށްގެންދިއުމަށްވެސް ހަމަޖެހިފައި ވެއެވެ.
އިމިގްރޭޝަންގެ ޚިދުމަތް ދޭންފަށާފައިވަނީ 24 މާރިޗު 1950 ގައެވެ.





