އަލީ ރަމީޒުގެ މަންފާ ޖަމިއްޔާ އިން އަލީ އަޝްފާގް (ދަގަނޑޭ) އާ ގުޅިގެން ކުޅިވަރު އެކަޑަމީއެއްގެ ފެށުމަށް ނިންމައިފިއެވެ. އަލީ ރަމީޒު ފޭސްބުޕް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، "އަލްހަމްދުލިﷲ، މަންފާ ގެ ސްޕޯޓްސް އެކަޑަމީއެއް ވުޖޫދަށް އަންނަނީ، އިންޝާﷲ،" އެވެ.
މިއެކަޑަމީގެ މަސައްކަތުގައި އަލީ ރަމީޒާ އެކު، ދަގަނޑޭ އާއި މަޝްހޫރު ވޮލީބޯޅަ ކޯޗު މުހައްމަދު ސާޖިދުގެ އިތުރުން ފުޓްބޯޅަ ކޯޗު އަލީ ނިސްތާރު މުހައްމަދު ވެސް ބައިވެރިވެ އެވެ. އަދި ކުރިއަށް އޮތްތަނުގައި ކުޅިވަރުގެ މަޝްހޫރު އެހެން ކޯޗުން ވެސް މި އެކަޑެމީގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ. މިވަގުތު އެކަޑެމީ ހިންގަނީ ސާޖިދު އެވެ. އޭނާ ބުނަނީ، މިވަގުތު ފަށާނީ ރާއްޖޭގައި މީހުން އެންމެ ގިނައިން ކުޅޭ ފުޓްބޯޅަ، އާއި ވޮލީބޯޅަ، އަދި ފުޓްސަލް އިން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ހުރިހާ ކުޅިވަރަކަށް ވެސް ފޯކަސް ކުރާނެ ކަމަށެވެ.
މި އެކަޑެމީން ކޯޗިން މަސައްކަތް ބާއްވާނީ ކޭމްޕް ސްޓައިލަށެވެ. އަދި ދީނީ މިންގަނޑުގެ ތެރެއިން ރާއްޖޭގައި ކުޅިވަރު އާލާކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެއެވެ.







