ޕޮލިސް ކޮމިޝަނަރުގެ މަގާމަށް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން، ގ. ވެލަގަލަ، އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވައިފިއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް އިއުލާން ކުރުމުން 3 ފަރާތަކުން ކުރިމަތި ލިއެވެ. އެއީ، ވަގުތީ ގޮތުން ޕޮލިސް ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކޮމިޝަނަރުގެ މަގާމަށް ކުރިމަތި ލެއްވި 3 ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށްފަހު ތިން ބޭފުޅުން ވެސް ޝަރުތު ހަމަވާ ކަމަށް ޕޮލިސް ބޯޑުން ލަފާ ދިނެވެ. އަދި އެބޭފުޅުންގެ ތެރެއިން، ނަވީން އެ މަގާމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި މިއަދު އޭނާއާ ފަތްކޮޅު ހަވާލުކޮށްފައި ވެއެވެ.





