އެޗްއާރްސީއެމުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ބައްދަލުކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަނުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާއި އެޗްއާރުސީއެމްގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވުޒާރާއާއި ހިއުމަން ރައިޓްސް ކޮމިޝަނުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ އެކި ކަންކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ޚަބަރު: އިސްލާމިކް މިނިސްޓްރީ

ހިއްސާ ކުރައްވާ!