ގޮނޑި ގެއްލުނަސް ހެޔޮކަމަށް ނިންމައި، ޕީއެންސީގެ މަޖިލިސް 13 މެންބަރުން ވަރަށް އަވަހަށް އެ ޕާޓީން ވަކިވާނެ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވެފައިވަނީ، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން "ގޮނޑި ގެއްލުނަސް ހެޔޮކަމަށް ނިންމައި، ޤައުމާއި ރައްޔިތުންގެ ހައްޤުގައި ޕީއެންސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެކަމީ ޔަގީން ކަމެއް" ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވުނު ޕީއެންސީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި މެންބަރުންގެ ކަންބޮޑުވުންތައް ހިއްސާކުރެވުނު ކަމަށާއި، މެންބަރުންނާ މަޝްވަރާކުރުމެއް ނެތި ކުއްލި ކުއްލިއަށް މަޖިލީހަށް ފޮނުވާ ބިލުތަކަށް ވޯޓު ނުދޭނެ ކަމަށް މެންބަރުން ވިދާޅުވި ކަމަށް އައްބާސް ވިދާޅުވެފައި ވެއެވެ.
ޖުމްލަ ގޮތެއްގައި ގިނަ މެންބަރުން ސަރުކާރުގެ ދެއުޅި އެއްނުވާ އޮއްޓަރެއް ނެތް ސިޔާސަތުތަކަށް ފާޑު ކިއަމުން ދިޔަހިދު އެންމެބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި މެންބަރަކީ ފުވައްމުލަކު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އިއްބެ ކަން ފާހަގަކޮށްލަން..ހަމަ އެހެންމެ މަނަދޫ ދާއިރާގެ އިސްޒަތްތެރި މެންބަރު ހުސްނީ ގެ އުދާސްތަށް ބޭރުކޮށްލަމުން ވިދާޅުވެފައި ވަނީ މިގޮތަށް މިކަން ތަކުރާރު ކުރައްވާ ނަމަ ޖުޑިސަރީ ކޮމެޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް.. އައްބާސް
އައްބާސް އިތުރަށް ވިދާޅުވެފައިވަނީ، "ދާއިރާތަކުގެ ތަރައްޤީ އެއްވެސް މިންވަރަކަށް ނުހިނގާ ކަމާއި، މޮޅެތި ބަސްތައް ވިދާޅުވުމާއި، ޕްރޮޖެކްޓުތައް އިޢުލާންކުރެއްވުމާއި، ބިންގާ އެޅުން ނޫން އެއްވެސް ކަމެއް ނުކުރައްވާ" ކަމަށް މެންބަރުން ޕީޖީ ގްރޫޕް ބައްދަލުވުމުގައި ފާހަގަކުރެއްވި ކަމަށެވެ.
ރައީސް ޑރ.މުއިއްޒު ދެކިލައްވާ ގޮތުގައި ރައްޔިތުންގެ މަޖުލީސް މެންބަރުންނަކީ އެއްވެސް ބައެއް ނޫންކަމަށް ދެކިގެން ރައްޔިތުންގެ މަޖުލީސް ގެ މެންބަރުންނާ އެއްވެސް މަސްވަރާ ކުރުމެއްނެތި ކުއްލި ކުއްލި ކަންކަން ކުރައްވާ ތަން ބަލަން ނުތިބޭނެކަމަށާއި އަދި މަސްވަރާ ކުރުމެއް ނެތި ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ކުއްލި ކުއްލިއަށް މަޖުލީސް އަށް ހުށައަޅުއްވާ ބިލަތަކަށް ވޯޓު ނުދެއްވާނެ ކަމަށްވެސް ގިނަ މެންބަރުންތަކެއް ވަނީ ވިދާޅުވެފައި.. އައްބާސް
ސަރުކާރުގެ ސިޔާސަތުތަކާ މެދު އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރެއްވި މެންބަރަކީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން (އިއްބެ) ކަމަށް ވެސް އައްބާސް ފާހަގަކުރައްވައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފާޑު ވިދާޅުވަމުން، ރައީސްގެ "މަކަރުވެރި ސިޔާސަތުގެ" ދަށުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް އިސްލާހު ހުށަހަޅުއްވާފައިވަނީ މަޖިލިސް މެންބަރުންގެ ބާރު ކަނޑުވާލުމުގެ ނިޔަތުގައި ކަމަށް ގިނަ މެންބަރުން ތަކުރާރުކޮށް ވިދާޅުވި ކަމަށްވެސް އައްބާސް ވަނީ ފާހަގަކުރައްވާފައެވެ.






