ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެ ކަމަށް ދެކިގެން ފެތުރެމުންދާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް، ބުހުތާން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން ފަލާހު ވަނީ ހަރުކަށި އިބާރާތުން ރައްދު ދެއްވާފައެވެ.
ފަލާހު ދެއްވި ރައްދުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މެންބަރު އައްބާސްއަށް ވަނީ މިފަދަ ފިތުނަވެރި ވާހަކަތައް ފަތުރުމަށްޓަކައި ޔާމީން ދާދިފަހުން އެ ގެއަށް ގެންގޮސް 3 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް މި މެސެޖުން ބާރު ލިބޭކަމަށެވެ.
މެމްބަރު އައްބާހަށް ވަނީ މިފަދަފިތުނަ ފަތުރައިދޭ މަތިން ޔާމީނު ދާދިފަހުން އެގެއަށް ގެނަގޮސް 3 މިލިއަން ރުފިޔާދީފައިވާ ކަމަށްމިދެކެވޭ ވާހަކަތަކަށް މި މެސެޖުން ބާރު އެބަލިބޭ، ޕީއެންސީ ޕީޖީގްރޫޕް އޮތީ އެކަތިގަނޑެށްގޮތަށް ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށްސާބިތުކޮށް
"ޕީއެންސީ ޕީޖީ ގްރޫޕް އޮތީ އެކަތިގަނޑެއްގެ ގޮތުގައި ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކޮށް. ކިތައްމެ ނުބައި ޕްލޭންތަކެއް ރާވާ މިފަދަ މޮޔައިންލައްވާ މިފަދަ މެސެޖު ކުރުވިޔަސް އިންޝާﷲ ކާމިޔާބެއް ނުވާނެ،" ފަލާހު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ހ) ގައި ބުނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ބުއްދި ސަލާމަތުން ހުރުމުގެ ޝަރުތު، ވެލިދޫ ދާއިރާގެ މެންބަރުގެ ކިބައިގައި ހުރިކަމާމެދު މިހާރު ޝައްކު އުފެދިފައިވާ ކަމަށެވެ.
ޤާނޫނު އަސާސީގެ 73 މާއްދާގެ ހ.ގައި ބުނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ބުއްދި ސަލާމަތުން ހުންނަން ޖެހޭ ކަމަށްބުނާ އެއްމެ މުހިއްމު ޝަރުތު، ވެލިދޫ ދާއިރާގެ މެމްބަރުގެ ކިބައިގައި ހުރިކަމާމެދު މިހާރު ޝައްކުވާ ހިސާބައް ގޮސްފި،
ފަލާހު ނިންމާލައްވަމުން ވިދާޅުވީ، މިފަދަ ފިތުނަވެރި ނުބައި ވާހަކަތައް ފެތުރުމަކީ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެއް ކަމުގައި ދެކުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށާއި، މިފަދަ ޢަމަލުތަކުން ދައްކުވައިދެނީ އެފަދަ ފަރާތްތަކަކީ އެއްވެސް އަޚްލާޤެއް ނެތް، ބުއްދި ގޯސް ބައެއްކަން ކަމަށެވެ.
ޕީއެންސީގެ 13 މެންބަރުން ވަރަށް އަވަހަށް ޕާޓީން ވަކިވާނެ ކަމަށް ވެލިދޫ އައްބާސް ވިދާޅުވެއްޖެ






