ނިއުޔޯކު ދަތުރުފުޅުގައި ޔޫނުސްއާ ދެކޮޅަށް މުޒާހަރާ ކޮށްފި

ބަނގްލަދޭޝްގެ ވަގުތީ ލީޑަރު ޑރ. މުހައްމަދު ޔޫނުސްގެ ސަރުކާރާ ދެކޮޅަށް ނިއުޔޯކުގައި މުޒާހަރާ ކޮށްފިއެވެ. މި މުޒާހަރާއަކީ، ބަނގްލަދޭޗްގައި ބައިމަދު ފަރާތްތަކަށް ކުރިމަތިވަމުންދާ އަނިޔާތަކާ ދެކޮޅަށް، ބާއްވާފައިވާ މުޒާހަރާއެކެވެ. މިކަން އިންތިޒާމު ކުރީ ބޭރުގައި ދިރިއުޅޭ ބަނގްލަދޭޝްގެ ރައްޔިތުންނެވެ..

އދ. ގެ މައި މަރުކަޒު ކުރިމަތީގައި ބައްވާފައިވާ މުޒާހަރާގައި ބައިވެރިވި މީހުން ބުނެފައި ވަނީ ޔޫނުސްގެ ސަރުކާރަކީ ޣެއިރު ގާނޫނީ ސަރުކާރެއް ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ އޯގަސްޓް 5 ވަނަ ދުވަހު ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ގެ ސަރުކާރު ވައްޓާލުމަށްފަހު، ވެރިކަމުގެ ބާރުތައް ފުރުޅާލާފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެފައި ވެއެވެ. އަދި މުޒާހަރާ ކުރި މީހުން ވަނީ ވަގުތީ ސަރުކާރަކީ ޕާކިސްތާންގެ މަދަދު ލިބިފައިވާ ފަރާތެއް ކަމަށް ބުނެ "ޕާކިސްތާނަށް އެނބުރި ދާށޭ" ފަދ ޝުޢޫރުތައް ފާޅުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ތުހުމަތުކޮށް ފައި ވަނީ ސަރުކާރުން ހިންގަމުން ގެންދާ ނޭއްގާނީ އަމަލުތަކާ ހެދި މިލިއަނުން ގުނާ އަދަދަކަށް މީހުން ޤައުމުން ފިލަމުންދާ ކަމަށެވެ.

"މިއީ އަހަރެމެން ކުރިން ދަންނަ ބަނގްލަދޭޝްއެއް ނޫން،" އިހުތިޖާޖުކުރި އެއް ފަރާތުން ބުނެފައިވެއެވެ. އެފަރާތްތަކުގެ އެންމެ ބޮޑު ނުތަނަވަސްކަމަކީ، ޔޫނުސްގެ ސަރުކާރުން ޖަމާއަތޭ އިސްލާމީއަށް ވެރިކަމުގައި ބަސް ބުނުމަށް ފުރުސަތު ދެއްވުމެވެ. ޖަމާއަތޭ އިސްލާމީ އަކީ ހަސނާގ އިލްމާނީ ސަރުކާރުގައި ފިއްތުންތައް ކުރިމަތިކޮށްފައިވާ ސިޔާސީ ޕާޓިއެކެވެ.

މުޒާހަރާ ކުރި މީހުން ވަނީ ޔޫނުސް އިސްތިއުފާ ދެއްވައި އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލާ ފައެވެ. އަދި ޔޫނުސްގެ ސަރުކާރުން ހައްޔަރުކޮށްފައިވާ ބައެއް މީހުން މިނިވަން ކުރުމަށްވެސް ގޮވާލާފައި ވެއެވެ.

ހަސީނާގެ 15 އަހަރުގެ ހަރުކަށި ވެރިކަން ނިމުމަކަށް ގެނައީ ބަނގްލަދޭޝްގެ ޖެން ޒީ އިންނެވެ.

މިއަހަރަކީ، އދ. ގެ އާންމު ޖަލްސާގައި ޑރ، ޔޫނުސް ވާހަކަ ދެއްކެވި ދެވަނަ އަހަރެވެ. އދގެ 80 ވަނަ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޔޫނުސް ވަނީ ބަނގްލަދޭޝްގެ ބަދަލުވުންދާ ސިޔާސީ ހަޔާތުގެ މައްޗަށް އަލިއަޅުވާލައި، 2019 ވަނަ އަހަރު 18 ބިލިއަން ޑޮލަރުގެ ރެމިޓެންސް ބޭރުން ލިބުނު ކަން ފާހަގަ ކުރައްވާފައެވެ. އަދި ބޭރުގައި މަސައްކަތްކުރާ 7.1 މިލިއަން ބަނގްލަދޭޝް މަސައްކަތްތެރިންގެ ހިއްސާ އެގައުމުގެ އިގްތިސާދުގައި މުހިންމުކަން ފާހަގަކުރައްވާފައެވެ.

ހިއްސާ ކުރައްވާ!