ޑާކާގައި އިންޑިއާ ހައި ކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި "ސްޓާޓްއަޕް ކަނެކްޓް" ގައި 30 އަށްވުރެ ގިނަ ބަނގްލަދޭޝްގެ ސްޓާޓްއަޕް ފައުންޑަރުންނާއި އިކޯސިސްޓަމްގެ އިސްވެރިން ބައިވެރިވެއްޖެއެވެ. މި ހަރަކާތަކީ އިންޑިއާ އާއި ބަނގްލަދޭޝްގެ އިނޮވޭޝަން އަދި އޮންޓްރެޕްރެނަޝިޕް ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް ބޭއްވި ހަރަކާތެކެވެ. މިއީ ޒުވާނުން މެދުވެރިކޮށް ތަރައްގީގެ މަސައްކަތުގައި އިންޑިއާ-ބަނގްލަދޭޝްގެ ގުޅުން ބަދަހިކުރުމުގައި ސްޓާޓްއަޕްތަކުގެ ދައުރު ފުޅާކުރުމަށް ބާއްވާފައިވާ އިވެންޓެކެވެ.
ބަނގްލަދޭޝްގެ ސްޓާޓްއަޕްގެ ދާއިރާގެ އިސް ފަރާތްތަކުން ވަނީ އެފަރާތުގެ ކާމިޔާބު މަސައްކަތްތަކާއި ކުރިއަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. މިއީ އޮކްޓޯބަރ 9 އާއި 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތަމިލްނާޑޫ ގްލޯބަލް ސްޓާޓްއަޕް ސަމިޓަށް ތައްޔާރު ވުމުގެ ކުރިން އިންތިޒާމު ކުރެވުނު ހަރަކާތެކެވެ. ބަނގްލަދޭޝްގެ އިތުރުން 39 ގައުމުގެ މަންދޫބުން ޓެމިލްނާޑޫ ސްޓާޓްއަޕް ސަމިޓްގައި ބައިވެރިވާނެއެވެ.