ތާރިގް ރަޙުމާން އެނބުރި ބަންގްލަދޭޝަށް

އަމިއްލައަށް އަރުވާލެވިގެން  ގައުމުން ބޭރުގައި 26 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީގެ އެކްޓިން ޗެއާމަން އަދި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުން ތާރިގް ރަހުމާން ވަނީ ގައުމަށް އެނބުރި ދިއުމަށް އިއުލާންކޮށްފަ އެވެ. "ބައެއް ސަބަބުތަކާހުރެ އަޅުގަނޑު އެނބުރި ގައުމަށް ދިއުމަށް ހުރަސް އެޅުނު… އެކަމަކު މިހާރު ވަގުތު ޖެހިއްޖެ، އަދި ވަރަށް އަވަހަށް އެނބުރި އަންނާނަން،" ބީބީސީ ބަންގަލާ އިންޓަވިއުއެއްގައި ތާރިޤް ރަޙުމާން ވިދާޅުވިއެވެ.

ބަނގްލަދޭޝްގައި ފެބްރުއަރީ މަހު ބާއްވާ އާންމު އިންތިހާބުގައި ވާދަކުރަން ނިންމަވާފައިވާކަން އޭނާ ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

ހިއްސާ ކުރައްވާ!