އިސްރާއީލުގެ ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމަށް މިސްރާއި، ޤަތަރު އަދި ތުރުކީގެ މެދުވެރިކަމާއެކު އެމެރިކާގެ ބެލުމުގެ ދަށުން އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އިސްރާއީލުގެ ޓެރަރިސްޓް ސިފައިން މިއަދު ބުރާސްފަތި ދުވަހު ޣައްޒާގެ އައްރަޝީދު މަގަށް އަމާޒުކޮށް އައު ހަމަލާތަކެއް ދީފައިވެއެވެ.
މި ހަމަލާތައް ދިނީ އެ ސަރަހައްދުގައި ތިބި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެތަކަށް އެނބުރި ދިއުމަށް ތައްޔާރުވަމުން ދަނިކޮށެވެ. މިކަމާ ގުޅިގެން ޣައްޒާގެ ސިވިލް ޑިފެންސްއިން ވަނީ ރައްޔިތުން އަދި ރައްކާތެރިކަމާއެކު އެމީހަކު ހުރިތަނެއްގައި ތިބުމަށް އެދިފައެވެ.
އޮކްޓޯބަރު 8، 2023 ގައި ފަލަސްޠީނު މިނވަން ކުރުމަށް ޙަމާސްއިން ފެށި އަޤްޞާ ޠޫފާން ހަމަލައަށްފަހު އިސްރާއީލުން ފެށި ޖެނޮސައިޑް ހޮލޮކޯސްޓް ހަމަލަތަކުގައި ލައްކައެއްހައި ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 169،890 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ގައްޒާ އެއްކޮށް ބަނޑަށް ޖައްސދާފައި ވެއެވެ. އެކަމުގެ ސަބަބުން 460 މީހުންނާއި 154 ކުދިން، ބަނޑަށް މަރާފައި ވެއެވެ.
އިސްރާއީލުން ވަނީ ފަލަސްތީނުގެ ބިންތަކާއި، ސީރިއާ އަދި ލެބަނަންގެ ބައެއް ސަރަހައްދުތައް އަތްދަށު ލާފައެވެ. އަދި މިނިވަން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް އިންކާރު ކޮށްފައެވެ.







