ޣައްޒާގައި ޔަހޫދީ ފަންނުވެރިކަން ދައްކާލި ޖެނޮސައިޑްގައި ޓެރަރިސްޓް ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނުގެ މުޖުތަމައުގެ ފިކުރީ އަދި އިލްމީ ގާބިލްކަން ނިގުޅައި ގަތުމަށް ފަނާ ކުރަނިވި ޔަހޫދީ ނިޒާމީ ސިޔާސަތެއް ގެންގުޅެފައެވެ. އޭގެ ތެރެއިން ޢިލްމުވެރިންނާއި ޢިލްމީ އަދަބީ ސަގާފީ ޝަޚްސިއްޔަތުތަކަށް އަމާޒުކޮށް އެފަރާތްތައް ޝަހީދުކޮށްފައި ވެއެވެ. ޔަހޫދީންނަކީ އަރަބި އިސްލާމީ ސައިންޓިސްޓުންނަށް އަމާޒު ކުރުމުގެ ދިގު މާޒީއެއް އޮތް މުޖުރިމުންތަކެކެވެ. ފަލަސްޠީނުގެ އުމްރާނީ ތަރައްގީއާއި ގެދޮރާއި އެކު ޔަހޫދީން ވަނީ ޢިލްމުވެރިންނާއި ސައިންސްވެރިން ނައްތާލުމަށް ޖަރިމާ ހިންގާފައި ކަމަށް އދންވެސް ހެކިވެއެވެ. އަދި މިއީ "ހަނގުރާމައިގެ ޖަރީމާތަކެއް" ކަމަށް އިންސާނީ ހައްގުތަކުގެ ޖަމިއްޔާތަކުން ފާހަގަކޮށްފައިވެ އެވެ.
ފަލަސްތީނުގެ މުއައްސަސާތަކުން މީގެ ކުރިން ނެރުނު ބަޔާންތަކުގައިވާ ގޮތުން މި ޔަހޫދީ ހަމަލަތަކުގެ ސަބަބުން ތައުލީމީ އަދި ސަގާފީ މުއައްސަސާތައް ބަލިކަށިވެ، ޣައްޒާގެ ތައުލީމާއި ދިރާސާވެރިކަމާއި އުފެއްދުންތެރިކަމުގެ މުސްތަގުބަލު ނައްތާލައި ނަސްލު ނައްތާލުމުގެ އަސަރު ފުން ވެފައި ވެއެވެ.
ގައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖެނޮސައިޑް ހަނގުރާމަ ފެށި ފަހުން 193 އަށް ވުރެ ގިނަ ސައިންސްވެރިންނާއި ޢިލްމުވެރިންނާއި ދިރާސާވެރިންނާއި 830 އަށް ވުރެ ގިނަ ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުން ޔަހޫދީން ޝަހީދުކޮށްފައި ވެއެވެ.
ޔަހޫދީން ގެންގުޅޭ ނިޒާމީ ސިޔާސަތެއް
ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރު ޖެނެރަލް އިސްމާއިލް އަލްތަވާބްތާ ވިދާޅުވީ ސައިންސްވެރިންނާއި ދިރާސާވެރިން ޝަހީދު ކުރުމުގައި އިސްރާއީލުގެ އަމާޒަކީ "ތައުލީމާއި ދިރާސާއާއި އީޖާދުގެ ދޮރުތައް ބަންދުކޮށް ގާބިލްކަން ހުރި ފަލަސްތީނުގެ މުޖުތަމައު ނައްތާލުން" ކަމަށެވެ.
ޒަޔަނިސްޓް އިސްރާއީލުން އަވަހާރަކޮށްލި އެންމެ ފާހަގަކޮށްލެވޭ ޢިލްމުވެރިންނާއި ސައިންސްވެރިން:
ސުފްޔާން ޠާޔަހް
ފަލަސްތީނުގެ ފިޒިސިސްޓެއް އަދި ފިޒިކްސް އާއި އެޕްލައިޑް މެތަމެޓިކްސްގެ ދާއިރާއިން ރިސާޗް ކުރާ ސައިންޓިސްޓެއް.
1971 ވަނަ އަހަރު އުފަންވެވަޑައިގެންނެވި ސުފްޔާން ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޣައްޒާގެ އިސްލާމިކް ޔުނިވާސިޓީގެ ރައީސްކަން ކުރައްވާފައެވެ.
ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ކޭމްޕްގައި އޮންނަ ފަލޫޖާ ސަރަހައްދަށް އަމާޒުކޮށް ޓެރަރިސްޓް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާއިލާއާ އެކު ތާޔަހު ވަނީ ޝަހީދުވެފަ އެވެ.
އަދުނާން އަލްބަރްޝް
އިސްލާމިކް ޔުނިވާސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ޕްރޮފެސަރެއްގެ އިތުރުން އޭނާއަކލީ ޣައްޒާގެ އެންމެ މަޝްހޫރު ކަށީގެ ސާޖަން އެވެ.
ޔުނިވާސިޓީ އޮފް ޖޯޑަން އިން 2009 ވަނަ އަހަރު ޑިގްރީ ހާސިލް ކުރެއްވުމަށް ފަހު ލަންޑަނުގައި ކޮމްޕްލެކްސް ފްރެކްޗާ ސާޖަރީގެ އިނގިރޭސި ފެލޯޝިޕް ހޯއްދެވުމަށްފަހު ޖޯޑަންގެ މެޑިކަލް ކައުންސިލުން ޖޯޑަންގެ މެޑިކަލް ބޯޑު މެމްބަރުކަން ވެސް ހާސިލް ކުރެއްވި އެވެ.
ޣައްޒާގެ އުތުރުގެ އަލްއައުދާ ނޭޝަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަމުން ދަނިކޮށް ޔަހޫދީން އޭނާ ވަގަށް ނެގިތާ މަސްތަކެއް ފަހުން މެއި މަހުގެ ދެވަނަ ދުވަހު ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ އިސްރާއީލުގެ ޖަލެއްގައި ޔަހޫދީން އޭނާ ޝަހީދު ކޮށްލިކަން އިއުލާންކޮށްފަ އެވެ.
ނާސިރު އަބޫ އައްނޫރު
އިސްލާމިކް ޔުނިވަރސިޓީގެ ކޮލެޖް އޮފް ނާރސިންގގެ ޑީން.
މާކެޓް ޔުނިވާސިޓީން ނާސިން އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރެއްވި އިރު، އެމެރިކާގެ ޔުނިވާސިޓީ އޮފް އެކްރޮން އިން ހެލްތު ކެއާ ޕޮލިސީގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ހާސިލް ކުރެއްވި އެވެ.
ޔަހޫދީން އޭނާ ޝަހީދުކޮށްލީ އާއިލާއާ އެކު ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. ޔަހޫދީ ޒަޔަނިސްޓް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގެ އަލް ޖުނައިނާ ސަރަހައްދުގައި ޔަހޫދީން އޭނާގެ ގެއަށް އަމާޒުކޮށް ބޮން އަޅައިގެން އޭނާ އަވަހާރަކޮށްލީއެވެ.
ނާއިމް ބަރޫދު
އޭނާ ވަނީ 2021 އިން 2022 އަށް އިސްލާމިކް ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަގާމު އަދާކުރައްވާފައެވެ. އަލްޤުދުސް އިންޓަރނޭޝަނަލް ފައުންޑޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިރު، ޖިއޮގްރަފީގެ ދާއިރާއިން ޢިލްމީ ދިރާސާތައް ޝާއިޢުކުރެއްވިއެވެ.
ޔަހޫދީން އޭނާ ޝަހީދުކޮށްލީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލްޝާތީ ރެފިއުޖީ ކޭމްޕްގައި ހުންނަ އޭނާގެ ގެއަށް ބޮން އަޅައިގެންނެވެ.
ޖިހާދު އަލް މަސްރީ
އޭނާއަކީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހުންނަ އަލް ޤުދުސް އޯޕަން ޔުނިވާސިޓީގެ ޑިރެކްޓަރެވެ. އަލްޤުދުސް ޔުނިވާސިޓީގެ އޮރެލް ހީސްޓްރީ ސެންޓަރުގެ ރައިސްގެ މަގާމާއި 2003 އިން 2022 އަށް ރަފާ (ދެކުނު) ގައި ހުންނަ ޔުނިވާސިޓީ ގެ އެކަޑަމިކް އެންޑް އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރެއްވި އެވެ.
އޭގެ ފަހުން އޭނާ ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ޓެރަރިސްޓް އިސްރާއީލުން އޭނާ ޝަހީދުކޮށްލުމާ ހަމައަށް ޚާން ޔޫނިސްގެ އަލްޤުދުސް ޔުނިވާސިޓީގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ.
އަހުމަދު އައްދާލޫ
އެއީ ފަލަސްތީން ޔުނިވާސިޓީގެ ފެކަލްޓީ އޮފް މެޑިސިން އެންޑް ހެލްތު ސައިންސަސްގެ ޑީން އެވެ. ޔަހޫދީން އޭނާ ޝަހީދުކޮށްލީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ޣައްޒާ ސިޓީގައި ހުންނަ އޭނާގެ ގެއަށް އަމާޒުކޮށް ޓެރަރިސްޓް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އޭނާގެ އާއިލާގެ 43 މެންބަރުންނާއެކު ގައެވެ.
އަހުމަދު އަބޫ އަބަސާ
އޭނާއަކީ ފަލަސްތީން ޔުނިވާސިޓީގެ ކޮލެޖް އޮފް މީޑިއާ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ކޮލެޖް އޮފް އެޕްލައިޑް އިންޖިނިއަރިންގެ ޑީން އެވެ.
ޔަހޫދީން އޭނާ ޝަހީދުކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ސީދާ އޭނާއަށް އަމާޒުކޮށް ޓެރަރިސްޓް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގަ އެވެ.
އިބްރާހިމް އަލްއަސްޠަލް
އޭނާއަކީ އިސްލާމިކް ޔުނިވާސިޓީގެ ކޮލެޖް އޮފް އެޑިއުކޭޝަންގެ ޑީން އެވެ. އަދި ޕްރޮފެސަރ އޮފް ކަރިކިއުލަމް އެންޑް މެތަޑްސް އޮފް ޓީޗިންގ މެތަމެޓިކްސް ގެ ޕްރޮފެސަރެކެވެ.
1996 ވަނަ އަހަރު ޕީއެޗްޑީ ހާސިލް ކުރެއްވި ފަހުން ޔޫއޭއީގެ އަލްއައިން ޔުނިވާސިޓީ އާއި އަޖަމާން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި ކިޔަވައިދެއްވާފައިވެ އެވެ.
އަދި އިސްލާމިކް ޔުނިވާސިޓީ ޖާނަލް އޮފް އެޑިއުކޭޝަނަލް އެންޑް ސައިކޮލޮޖިކަލް ސްޓަޑީޒްގެ އެޑިޓަރ އިން ޗީފްގެ މަގާމު ވެސް އަދާކުރެއްވި އެވެ. އޭނާ ވަނީ ފަލާސްޠީނާއި އަރަބި އަދި އިންޓަނޭޝަނަލް ޖާނަލްތަކުގައި އަރަބި ބަހާއި އިނގިރޭސި ބަހުން ވެސް ދިރާސާތައް ޝާއިއު ކުރައްވާފައެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޑީން އޮފް އެޑިއުކޭޝަންގެ މަގާމު 2019 ވަނަ އަހަރުން ފެށިގެން އޮކްޓޯބަރު 23، 2023 އާ ހަމައަށް ފުރުއްވިއެވެ. ޔަހޫދީން އޭނާ އަވަހާކޮށްލީ އެވެ.
ތައިސީރު އިބްރާހިމް
އެއީ އިސްލާމިކް ޔުނިވާސިޓީގެ ކޮލެޖް އޮފް ޝަރީއާ އެންޑް ލޯގެ ޑީން އެވެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާއިން 2012 ވަނަ އަހަރު އިސްލާމިކް ޖުރިސްޕްރޫޑެންސް އެންޑް އިޓްސް ޕްރިންސިޕަލްސް އިން ޕީއެޗްޑީ ހާސިލް ކުރެއްވި އެވެ.
އަދި އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މަގާމުތައް ފުރުއްވި އެވެ. 2021 ވަނަ އަހަރު ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންގެ މަގާމަށް ވަޑައިގަ އެވެ. އަދި ޔަހޫދީން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އާއިލާގެ މެމްބަރުންނާ އެކު އޭނާ ޝަހީދުކޮށްލީއެވެ.
ސަޢީދު އަލްޒުބްދާޙް
އެއީ އިލެކްޓްރިކަލް އިންޖިނިއަރިންގ އަށް ޚާއްޞަ ބޭފުޅެކެވެ. ޑިސެމްބަރު 31، 2023 ގައި ޒަޔަނިސްޓު ޓެރަރިސްޓް އިސްރާއީލުން އޭނާގެ ގެއަށް ދިން ބޮމުގެ ހަމަލާއެއްގައި އާއިލާގެ މީހުންނާއެކު ޝަހީދުވެވަޑައިގަތެވެ. އޭނާ ގެންދެވީ ޔުނިވާސިޓީ ކޮލެޖް އޮފް އެޕްލައިޑް ސައިންސަސްގެ ރައީސްގެ މަގާމު އަދާކުރެއްވަމުންނެވެ.
ރފްޢަތު އަލްޢަރްޢީރް
އެއީ އިސްލާމިކް ޔުނިވާސިޓީގެ އިނގިރޭސި ލިޓަރޭޗަރ ޑިޕާޓްމަންޓުގެ ފެކަލްޓީ މެމްބަރެވެ. ޔަހޫދީން އޭނާ ޝަހީދު ކޮށްލީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އޭނާ އާއި އޭނާގެ އާއިލާ ދިރިއުޅޭ އެޕާޓްމަންޓަށް ޔަހޫދީ ޓެރަރިސްޓް ސިފައިން ބޮން އަލައިގެންނެވެ. އޭނާއަށް ހަފްތާތަކެއް ވަންދެން ޔަހޫދީން މަރުގެ އިންޒާރު ދެމުން ދިޔައެވެ.
އޭނާއަށް މި އިންޒާރުތައް ލިބިފައިވަނީ އޮންލައިންކޮށް އަދި ފޯނުން އިސްރާއީލުގެ އެކައުންޓްތަކުން ކަމަށް ޔޫރޯ މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓަރ އިން ބުނެފައި ވެއެވެ. އަދި މިކަން ލޮލުން ފެނުނު މީހުންނާއި އާއިލީ މީހުންގެ ވާހަކަތަކުން ހެކި ވެއެވެ.
ފޮތެއްގެ ޚުލާސާ: ފަލަސްޠީނު މީހުންނަކީ ތަފާސްހިސާބު ނަންބަރެއް ނޫން







