މީގެ ކުރީގެ އެއްބަސްވުމާ ޚިލާފްވީވެސް ޔަހޫދީން އަމއިްލައަށް

މީގެ ކުރިން ޖެނޮސައިޑް ނިންމަން ޖަނަވަރީ މަހު އެއްބަސްވިއެވެ. އެ އެއްބަސްވުން ތަންފީޒު ކުރަން ފެށި ޚަބަރު ގެނަސްދިނީ އެހެން ނޫސްވެރިއެއްގެ ކޮނޑުމަތީގައި އިނދެގެން އަލްޖަޒީރާގެ ނޫސްވެރިޔާ ޝަހީދު އުންސުއް ޝަރީފް (ފޮޓޯގައި) އެވެ. ޔަހޫދީން ވަނި އޭނާ ލައިވް ކޮށް ރިޕޯޓް ކުރަމުން ދަނިކޮށް ފަހުން ޝަހީދު ކޮށްލާފައެވެ.

ޖަނަވަނީ މަހު އެއްބަސްވި އެއްބަސްވުމާ ދެ މަސްފަހުން ޚިލާފްވެ ޣަދަރުވެރިވީ ޔަހޫދީން އަމިއްލައަށެވެ.

މިފަހަރުވެސް މި ހަމަޖެހުން މާގިނަ ދުވަހަކަށް މިކަން ދެމި އޮންނާނެ ކަމަކަށް ނުބެލެވެއެވެ. އެމެރިކާ އިން ޔަހޫދީންނަށް ވާގިވެރި ނުވެއްޖެނަމަ ކޮންމެ ވެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. ޖެނޮސައިޑްގެ މައި ބައިވެރިޔަކީ އެމެރިކާއެވެ.

ޔަހޫދީންނަށް އަބަދުވެސް އެއްބަސްވުމުގެ ދެލިގަނޑުގައި ހުންނަ ބައެއް ބަސްތަކުގެ މާނަ އޮޅި އަލުން އެ ކަންކަން މާނަ ކުރުމަށް އެހެން އެއްބަސްވުމަށް ހަދަން ޖެހެއެވެ. އިންސާށނީ ތާރީޚުގައި ހުރިހަިއ ފައްތަރެއްގައިވެސް މިމީހުންގެ ކަންކަން އޮތީ މިބީދައިން ގޮސްފައެވެ.

ހިއްސާ ކުރައްވާ!