ޓްރަމްޕްގެ އިސްރާއީލު ދަތުރު ލަސްކޮށްފާނެ: ޔަހޫދީ މީޑިއާ

އިސްރާއީލު ނޫސް "ޔިސްރާއީލް ހަޔޯމް" އިން ބުނަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްރާއީލް ޒިޔާރަތް ހޯމަ ދުވަހަށް ފަސްކޮށްފާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ ކުރިން އިސްރާއީލު މީޑިއާއިން ރިޕޯޓުކޮށްފައިވަނީ ޓްރަމްޕް ހޮނިހިރު ދުވަހުގެ ރޭ ތެލްއަވީވްއަށް ފައިބާނެ ކަމަށެވެ.

އިސްރާއީލްގެ ޗެނަލް 12 އިން ބުނެފައިވާ ގޮތުގައި، ޓްރަމްޕް ކުއްލި ދަތުރެއްގައި ހިފާފައިވާ ފަލަސްޠީނަށް އައިސް ހިފާފައިވާ ފަލަސްޠީނުގެ ލައްދު އެއާޕޯޓް (ޔަހޫދީން ކިޔާ ގޮތުން ނަމަ ބެންގުރިއޮން އެއަރޕޯޓަށް) ފޭބުމަށް ފަހު މަރުހަބާ މަރުހަބާ ކިޔުމަށް ފަހު ކްނެސެޓަށް ޒިޔާރަތްކޮށް ތަގްރީރެއް ކުރާނެއެވެ. އަދި އެއްވެސް ބަޔަކާ ބައްދަލު ނުކޮށް އިސްރާއީލުން ފުރާނެ އެވެ.

މިސްރުގެ ސިސީވެސް ވަނީ ޓްރަމްޕަށް ޤާހިރާއަށް އައުމަށް ދައުވަތު ދީފައެވެ.

ސީސީިއަކީ ޤަތަރަށް ކުރި ޒިޔާރަތުގައި ޓްރަމްޕާ ބައްދަލު ކުރަން އައުމަށް ދިން ދައުވަތަށް ދެކޮޅު ހެދި ރައީސެވެ. ސީސީ ބޭނުންފުުޅުވީ ޓްރަމްޕް މިސްރުގެ ރައީސާ ބައްދަލު ކުރާނަމަ އެކަން މިސްރުގައި ކުރާށެވެ.

ހިއްސާ ކުރައްވާ!