ޣައްޒާގެ ހޮސްޕިޓަލްތަކުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒަޤޫތު ވިދާޅުވި ގޮތުގައި، ޖެނޮސައިޑް ހަނގުރާމައިގައި ސަބަބުން 1700 ކޮންސަލްޓަންޓް ޑޮކްޓަރުންނާއި ނަރުހުން ޔަހޫދީން ޝަހީދުކޮށްފައިވާ ކަމަށެވެ.
ހޮސްޕިޓަލްތަކުގައި އަދިވެސް ޒަޚަމްވެފައިވާ އެތައް ހާސް މީހުން ތިބުމާއެކު، ޞިއްޙީ ދާއިރާއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެއެވެ. އަދި ބަލިމީހުން ސަލާމަތްކުރުމަށް މަސައްކަތްކުރަމުންދާއިރު، ހޮސްޕިޓަލްތައް މަރާމާތުކުރުމަށް ގިނަ ވަގުތު ބޭނުންވާނެކަމަށް ވިދާޅުވިއެވެ.
ޣައްޒާގައި ޖެނޮސައިޑުން ގެއްލުން ވެފައިޥޞާ އެތައް ހާސް ބަލިމީހުން ތިބިއިރު، ކެންސަރު ބަލީގެ މީހުންނާއި، ހަކުރު ބަލީގެ މީހުންނާއި، މާބަނޑު މައިންނަށް ބޭނުންވާ ބޭސްތައް ނުލިބޭކަމަށް ވިދާޅުވިއެވެ. އަދި އަސާސީ ބޭސްތަކާއި، މެޑިކަލް ސަޕްލައިސްތަކާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓަށް ބޭނުންވާ ތަކެއްޗަށް އޭނާ ވަނީ އެދިފައެވެ. މާދަމާ ހޮސްޕިޓަލްތަކަށް ބޭނުންވާ ބައެއް ތަކެތި ލިބޭނެކަމަށް އުއްމީދުކުރެވެއެވެ.