މިސްރުގެ ޝަރަމުއްޝައިޚު ރިސޯޓުގައި ބާއްވާ މިސްރުގެ ރައީސް ސީސީއާއެކު އެމެރިކާ ރައީސް ރިޔާސަތު ބަލަހައްޓަވާ ޖެނޮސައިޑް ނިންމާ މަހާސިންތާއަށް ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމެއް މިސްރުން ބޭނުން ކުރން ފަށައިފިއެވެ.
މި ނިޒާމަކީ ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމު ކަމަށްވާ ބަކް އެމް2އީގެ ނިޒާމެވެ. މިއީ މެދު ރަސްތާގެ ވައިގެ ދިފާއީ ނިޒާމެކެވެ. މި ނިޒާމުން ޑްރޯނާއި ކްރޫޒް މިސައިލް ފަދަ ވައިގެ ހަމަލާތަކުން ރައްކާތެރި ކޮށްދޭނެއެވެ. އަދި މިއީ 45 ކިލޯމީޓަރު ދުރުމިނާ ހަމައަށް އަދި 25 ކިލޯމީޓަރުގެ އުސްމިނަށް ހަމަލަތައް އަމާޒު ކުރެވޭ ނިޒާމެކެވެ. މި ނިޒާމުގައި އިލެކްޓްރޯނިކް ޖޭމިންގ ވެސް ބޭނުން ކުރެވޭނެއެވެ.
މި ނިޒާމު ބޭނުން ކޮށްފައި ވަނީ މިޞްރުގެ ޖާސޫސީ އިދާރާގެ ބެލުމުގެ ދަށުން ކަނޑައަޅާފައިވާ ފުޅާ ސަލާމަތީ ޕްލޭނެއްގެ ދަށުންނެވެ. މީގެ މަޤްޞަދަކީ ބައްދަލުވުމުގެ ވައިގެ ސަރަޙައްދު ރައްކާތެރި ކޮށް، ރެޑްސީ ސަރަޙައްދުގައި އިތުރުވަމުންދާ ސަލާމަތީ ޙަރަކާތްތަކަށް މިޞްރުގެ ދިފާއީ ނިޒާމު ތައްޔާރަށް ބޭއްވުމެވެ.