ޖެނޮސައިޑް ނިންމުމަށް ހޯމަ ދުވަހު މިސްރުގައި ބާއްވާ މަހާސިންތާގައި ބައިވެރިވާނެ ފަރާތްތަކުގެ ލިސްޓް އިއުލާނުކޮށްފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޣައްޒާގެ ޔަހޫދީ ޖެނޮސައިޑް ހަނގުރާމަ ހުއްޓުވުމާއި، ދެ އަހަރު ވަންދެން ދެމިގެންދާ ޖެނޮސައިޑަށް ހައްލެއް ހޯދުމެވެ.
މި ބައްދަލުވުމުގައި ގިނަ ޤައުމުތަކުގެ ވެރިންނާއި، ރަސްރަސްކަލުންނާއި، ވަޒީރުންނާއި އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސްވެރިން ބައިވެރިވާނެއެވެ. ނަމަވެސް، ސިޔާސީ ދާއިރާއިން ބޭރުން އެންމެ ފާހަގަކޮށްލެވޭ އެއް ފަރާތަކީ ފީފާގެ ރައީސް ޖިޔާނީ އިންފަންޓީނޯއެވެ.
މީނާއަކީ ޔުކްރެއިނ މައްސަލާގައި ރަޝިޔާއަށް ފިޔަވަޅު އަޅައި ޔަހޫދީ ޖެނޮސައިޑްގައި އިޒްރޭލަށް ފިޔަވަޅު އަޅަން ނުކެރުނު މީހާއެވެ.
އިންފަންޓީނޯގެ ބައިވެރިވުން ފާހަގަކުރެވެނީ އޭނާއާއި ޓްރަމްޕްއާ ދެމެދު އޮންނަ ގާތް ގުޅުމެވެ. ޓްރަމްޕަކީ ފީފާގެސަޕޯޓަރެކެވެ އަދި އިންފަންޓީނޯއަކީ ޓްރަމްޕް ދެވަނަ ދައުރަކަށް ހޮވުނު އިރު އެންމެ އަވަހަށް މަރުޙަބާ އިއްވި ފަރާތްތަކުގެ ތެރެއިން އެކެކެވެ.