ތުރުކީ ރައީސް އެރުދުޣާން، ޖެނޮސައިޑް ނިންމާ މަހާސިންތާގައި ބައިވެރިވާން ނިންމެވީ ޖެނޮސައިޖު ހިންގުމުގެ މޭސްތިރިޔާ ޔަހުދީ ނަތަންޔާހޫ އެ މަހާސިންތާގައި ބާއިވެރި ނުވާން ނިންމުމުންނެވެ.
މިސްރުގެ ސީސީ ވަނީ ނަތަންޔާހޫއާއި އައްބާހަށް ދައުވަތު ދެއްވާފައެވެ. ސީސީއާއި ޔަހޫދީންގެ ޕާލަމެންޓްގައި ޓްރަމްޕްގެ ހާޒިރުގައި ނަތަންޔާހޫ ވަނީ ފޯނުން ވާހަކަ ދައްކާފައެވެ.
ޔަހޫދީންގެ ސިފައިންގެ ރޭޑިއޯއިން ދެންމެ ބުނީ ޔަހޫދީންގެ ދީނީ މުނާސަބާއަކާ ހެދި ޖެނޮސައިޑް މޭސްތިރިޔާ ނަތަންޔާހޫ ޝަރަމުއްޝައިކަށް ނުދާނެ ކަމަށެވެ.
ރޭޑިއޯއިން ބުނީ ނަތަންޔާހޫ ބައިވެރި ނުވަނީ އޭނާ އަކީ ހަނގުރާމައިގެ މުޖުރިމެއްކަމުގައި ވެފައި، އޭނާ ބާކީކޮށް އޭނާއާ ސަލާން ކުރަން ގިނަ ގައުމުތަކުން ބޭނުން ނުވާތީއެވެ. އަދި އޭނާ ހައްޔަރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ޔަހޫދީ ފަރާތްތަކުން ބުނެއެވެ.