އިންޑިއާގައި މަބްއާއި ޑޭޓާ އިންފްރާސްޓްރަކްޗާއަށް ގޫގުލް އިން 10 ބިލިއަން ޑޮލަރު

ދުނިޔޭގެ އައު ޓެކްނޮލޮޖީގެ ފަންނުވެރިކަމުގެ އީޖާދީ ހަރަކާތުގައި އިންޑިއާގެ ދައުރު ބޮޑުވަމުން އަންނަ ކަމަށް ފާހަގަކޮށް، ގޫގުލް އިން ވަނީ އިންޑިއާގައި ޑޭޓާ ސެންޓަރު ހިންގުން އިތުރުކޮށް މުޅި އިންޑިއާގައި މަސްނޫއީ ބުއްދި (މަބު)ގެ ތަރައްގީ އަވަސް ކުރުމަށް 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް އިއުލާންކޮށްފަ އެވެ.

ގޫގުލްއިން ހިންގާ އިންޑިއާ ޑިޖިޓަލައިޒޭޝަން ފަންޑުގެ ބައެއްގެ ގޮތުގައި ހިންގާ މި އިންވެސްޓްމަންޓުން އާ ޑޭޓާ ސެންޓަރުތައް ބިނާކުރާނެއެވެ. އަދި ކްލައުޑް އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް އެކި ސަރަހައްދުގައި މީހުން މޮށިއުޅޭ ބަސްތަކަށް ޚާއްސަކޮށްގެން މަބުގެ ރޮނގުން ދިރާސާތައް ކުރުމަށް ފަންޑު ދޭނެއެވެ. ގޫގްލްގެ މި އިސްނެގުމުން އެތައް ހާސް ވަޒީފާއެއް އުފެދި، ސިއްހީ ފަރުވާއާއި ދަނޑުވެރިކަމާއި ތައުލީމީ ދާއިރާއިން އިންޑިއާގެ ސުމޭކު ގާބިލްކަން އިތުރު ކޮށްދޭނެ ކަމަށް ބެލެވެ އެވެ.

ގޫގުލް އިންޑިއާގެ ކަންޓްރީ ހެޑް އަދި ނައިބު ރައީސް ސަންޖޭ ގުޕްތާ ވިދާޅުވީ މި އިންވެސްޓްމަންޓުން ދައްކުވައިދެނީ "އިންޑިއާގެ ޑިޖިޓަލް އިގްތިސާދުގެ ފުރިހަމަ ގާބިލްކަން ދުނިޔެއަށް ހުޅުވާލުމަށް" އެކުންފުނިން ދިގު މުއްދަތަކަށް ވައުދުވާ ކަމެވެ. އޭނާ ވަނީ ގހުރިހައި ސަރަހައްދެއް ޝާމިލުވާ އެތައް ބަހެއް ބޭނުން ކުރެވޭ އަދި ސަރަހައްދުތަކާއި ގުޅުން ހުރި މަބުގެ ވަސީލަތްތައް ބިނާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.

ފުޅާ ޓެލެންޓް ޕޫލާއި ހަލުވިކަމާއެކު ޑިޖިޓަލައިޒްވަމުން އަންނަ އާބާދީއާއެކު އިންޑިއާ ވަނީ އިނޮވޭޝަން އާއި އިންފްރާސްޓްރަކްޗާ ފުޅާކުރުމުގެ މުހިންމު މައިދާނަކަށް ވެފައެވެ.

މުހައްލިލުން ދެކޭ ގޮތުގައި މި ފިޔަވަޅާއެކު އިންޑިއާ ސަރަހައްދީ މަބުގެ މައި މަރުކަޒެއްގެ ގޮތުގައި ބެހެއްޓިދާނެ އެވެ. އަދި ޚާއްސަކޮށް ސޮވަރިން ކްލައުޑް ސޮލިއުޝަންތަކާއި އެތިކަލް އެއައި ފްރޭމްވޯކްތަކަށް ޑިމާންޑް ބޮޑުވަމުން އަންނަ އިރު މިއީ ބޮޑު ވިޔަފާރިއެއް ކަމަށް އޭނާ ދެކެއެވެ.

ހިއްސާ ކުރައްވާ!