އެމެރިކާއަށް ދިއުމަށް ފުރާފައިވާ މަގުމަތީގައި ވައިގެ ތެރޭގައި އެއާފޯސްގައި ވަންގައި ނޫސްވެރިން ކުރި ސުއާލުތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވަނީ ފަލަސްޠިނުގެ މިނިވަން ދައުލަތާ މެދު މި ވަގތު ނުވިސްނަވާ ކަމަށް ވިދާޅުވެފައެވެ.
ނޫސްވެރިން ވަނީ ޖެނޮސައިސައިޑް ނިންމާ މަހާސިންތާގައި، މިސްރުގެ ރައީސް ސީސީ ވިދާޅުވި، ދެ ދައުލަތުގެ ހައްލަކަށް ގޮވާލެއްވުމާ ބެހޭ ގޮތުން ޓްރަމްޕާ ސުއާލު ކޮށްފައެވެ.
ޓްރަމްޕް ވިދާޅުވީ އޭނާގެ ސުލްހައިގެ ޕްލޭނަކީ ވަރަށް ތަފާތު ކަމެއް ކަމަށެވެ. އެއީ، "ޣައްޒާ އަލުން ބިނާކުރުން" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"އެއް ސްޓޭޓެއްގެ ހައްލު ވަރަށް ގިނަ ބަޔަކަށް ކަމުދޭ؛ ދެ ދައުލަތުގެ ހައްލު ވެސް ވަރަށް ގިނަ ބަޔަކަށް ކަމުދޭ… އެކަމާ ގުޅޭ ގޮތުން ކޮމެންޓެއް ނުކުރާނަން. ކޮންމެވެސް ހިސާބަކުން އަޅުގަނޑަށް ރަނގަޅު ކަމަށް ފެންނަ ގޮތަކަށް ނިންމާނަން، އެކަމަކު އެހެން ސްޓޭޓްތަކާއި އެހެން ގައުމުތަކާ އެކު ވިލަރެސްކޮށްގެން ނިންމާނީ،" ޓްރަމްޕް ވިދާޅުވި އެވެ.
ޖެނޮސައިޑް ނިންމާ އެއްބަސްވުމުގެ ދެވަނަ މަރުހަލާއާ މެދު ޓްރަމްޕަށް ކިހާ ޔަގީންކަމެއް އޮތްތޯ ވެސް ނޫސްވެރިން ސުވާލު ކުރިއެވެ.
"އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އަތުގައި ވަރަށް ބޮޑު ބާރެއް އެބައޮތް،" އޭނާ ޖަވާބުގައި ވިދާޅުވިއެވެ.
"އަދި، އެނގިވަޑައިގަންނަވާނެ، ހަގީގަތުގައި ސީރިއަސްކޮށް މުއްސަނދި ގައުމުތަކެއް އެބަތިބި. އުހް، އެމީހުންނަށް އެކަން ޙައްލުކުރެވޭނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.