އަދި މިހިސާބުން ފަލަސްޠީނު މައްސަލަ ނިމުނީ ކަމަށް ބަލައިގެން ނުވާނެ: އަލްބެނީޒް

އ.ދ ގެ ފަލަސްޠީނުގެ ޚާއްސަ މަންދޫބު ފްރަންޗެސްކާ އަލްބަނީސް ވިދާޅުޥަނީ ރަހީނު ކޮށްފައިވާ ފަލަސްޠީނު ރައްޔިތުން ދޫކޮށްލުމުން އުފާފާޅުކުރުން އިޒްރޭލު ސިފައިން މަނާކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާކަމަށެވެ.

ސޯޝަލް މީޑިއާގައި ފާހަގަކުރެއްވި ގޮތުގައި، މިއީ އިޒްރޭލުން "ސުލްހަ" އޭ ބުނކަމުގައި ވިޔަސް، ފަލަސްޠީނުގެ ރައްޔިތުންނަށް މިއީ ނަސްލީ ތަފާތު ކުރުމުގެ އެންމެ ނުރައްކާތެރި ސިފައެވެ.

އަދި އޭނާ ވަނީ ފަލަސްޠީނުގެ މައްސަލައަށް ސަމާލުކަން ދިނުމަށާއި، މިވަގުތަށް ފަލަސްޠީނުގެ މައސަލަ ނިމުނީ ކަމަށް ނުބަލައި ދުނިޔޭގެ ހުރިހާ ރައްޔިތުންނަށް ދެކޮޅު ހަދަމުން ދިއުމަށާއި ރަހީނުން މިނިވަން ކޮށް ފަލަސްޠީނު މިނިވަން ވުމާހަމައަށް ދެކޮޅު ހއެދުމަށް ގޮވާލައްވާފައެވެ. 

ހިއްސާ ކުރައްވާ!