އިޒްރޭލުން ދަނީ އެއްބަސްވުމާ ޚިލާފް ވަމުން

އިޒްރޭލު މީޑިއާއިން ބުނާ ގޮތުގައި ޖެނޮސައިޑް ސަރުކާރުން ދަނީ އެއްބަސްވުމާ ޚިލާފް ވަމުންނެވެ.

މިސްރުން ޣައްޒާއަށް ކާނާއާއި އެހީ ވައްދަން އޮންނަ ރަފަޙަ މަގު ހުޅުވުމަށް ޖެނޮސައިޑް ސަރުކާރުން މިއަދު ވަނީ ދެކޮޅު ހަދާފައެވެ. ޔަހޫދީން ބުނެފައި ވަނީ އެމީހުންގެ ވައިގެ ހަމަލަތަކުން މަރުވެފައިޥާ ޔަހޫދީ ހަނގުރާމައިގެ އަސީރުންގެ ގަބުރުތައް ނު ދޭނަމަ ރަފަހަ ބޯޑަރު ނުހުޅުވާނެ ކަމަށެވެ.

މުހައްލިލުން ބުނަނީ ޔަހޫދީޫންގެ މަގްސަދަކީ ފަލަސްޠީނު މީހުން ރުޅިއަރުވާލައިގެން މައްސަލަ ހޫނުކޮށް އަލުން ހަނގުރާމަ ފަށާށެވެ.

އިޒްރޭލުގެ ޗެނަލް 13 އިންބުނިގޮތުގައި ޔަހުދީ ސަރުކާރުން ވަނީ ކުރިން އެއްބަސްވި ވަރަށް ވުރެން މަދުން ޣައްޒާއަށް އެހީ ވެއްދުމަށް ނިންމާފައެވެ. ވާރލޑްް ފުޑް ޕްރޮގްރާމުން ބުނަނީ 2 މިލިއަން މީހުންނަށް ކާން ދެވޭ ވަރަށް ކާނާ އެބަ ހުރި ކަމަށެވެ. ނަމަވެސް އެ ކާނާ ޣައްޒާއަށް ވަނީ ނުވެއްދިފައެވެ.

ހިއްސާ ކުރައްވާ!