އެމެރިކާގެ ކޮލޮރާޑޯ ސްޓޭޓްގައި، 13 އަހަރުގެ ޑިޒްލާން ރެޑްވައިން މަރާލުމުން އޭނާގެ ބައްޕައަށް 48 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. ބައްޕަ މާކް އާއި އޭނާގެ ދަރިފުޅު ޑިޒްލާންއާ ދެމެދު ޒުވާބަކަށްވީ ބައްޕަގެ އަޚުލާގީ ގޮތުން ދަށް ފެންވަރުގެ ފޮޓޯތަކެއް ދަރިފުޅަށް ފެނުމާ ގުޅިގެން އެކަމާ މެދު ސުއާލު ކުރުމުންނެވެ.
ސްކޫލު ޗުއްޓީގައި ކޯޓުން ކުރި އަމުރަކަށް ދަރިފުޅު ބައްޕަ ގާތަށް ދިޔަ އެވެ. އަދި ފޮޓޯތައް ފެނިގެން ބައްޕައާ ސުއާލު ކުރަން ފެށިއެވެ.
މާކް ރެޑްވައިން ވަނީ އޭނާގެ ދަރިފުޅު ސުއާލުތައް ގިނަ ވުމުން އޭނާގެ ކަރުބުރިކޮށް މަރާލައި ހަށިގަނޑުގެ ގުނަވަންތައް ވަކިވަކިކޮށް ޖަނަވާރަށް ކާން ދީފައެވެ. ތަޙުޤީޤުތަކުން ދައްކާގޮތުގައި ގޭގެ ތެރެއާއި ޕިކަޕުން ލޭ ފެނިފައި ވެއެވެ. އަދި ދފަރިފުޅު ޑިޒްލާންގެ ބޮލުގެ ކަށިގަނޑު ފެނުނީ ގެއާ 8 މޭލު ދުރުން ނެވެ.
2017 ވަނަ އަހަރު ގެ މިޖަރީމާއަށް މާކް ރެޑްވައިން އަށް ވަނީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށް ސާބިތުވެފައެވެ. އަދި ކޯޓުން ވަނީ އޭނާ 48 އަހަރަށް ޖަލަށް ލާން ޙުކުމް ކޮށްފައެވެ. ފަނޑިޔާރު ވަނީ މާކް ރެޑްވައިންއަކީ އަނިޔާވެރި ގާތިލެއ ްކަމަށް ބުނެ އޭނާ ކުރި ކަންތަކާމެދު އެއްވެސް ހިތާމައެއް ފާޅުކޮށްފައި ނުވާ މީހެއް ކަން ފާހަގަކޮށްފައެވެ.