9800 ޔަހޫދީންނާއެކު މަސްޖިދުލް އަޤްޞާއަށް ވަދެއްޖެ

ޖެނޮސައިޑު ހިންގާ ޒަޔަނިސްޓު ޔަހުދީންގެ ނުލަފާ ވަޒީރު ބިން ގްވީރު ވަނީ މި ހަފްތާގައި 9800 ޔަހޫދީންނާއެކު މަސްޖިދުލްއަގްސާގެ ޙުރުމަތް ކަނޑާފައެވެ. ބައެއް ޔަހޫދީން މިސްކިތަސް ވަދެފައިވަނީ ބޫޓާ އެކުގައެވެ.

ހައްދުފަނަހައަޅާފައިވާ ޓެރަރިސްޓެއް ކަމަށްވާ ބެން ގްވީރަކީ އިސްރާއީލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރެވެ. މިއީ އެއް ހަފްތާގެ ތެރޭގައި އޭނާ ދެވަނަ ފަހަރަށް މިސްކިތުގެ ހުރުމަތް ކަނޑައިލި ފަހަރެވެ.

މިދިޔަ ހަފްތާގައި ޔަހޫދީންގެ ސަގާފަތާ ބެހޭ ވަޒީރު އަދި ހައްދު ފަހަނައަޅާފައިވާ އަމީހާއީ އެލިޔާހޫ އާއި ކްނެސެޓްގެ މެންބަރު އިސްހާޤް ކްރޫއިޒަރު ވަނީ ގިނަ އަދަދެެއްގެ ޔަހޫދީންނާއެކު މަސްޖިދުލްއަގްސާއަށް ވަދެފައެވެ.

މީގެއިތުރުން، އިސްރާއީލީ ޖެނޮސައިޑް ފޯސްއިން ވަނީ ޤުދުސްގެ އުތުރުގައި އޮންނަ ޤަލަންދިޔާ ރެފިއުޖީ ކޭމްޕަށް ވެސް ވަދެ ހަމަލަ ދީފައެވެ.

ޔަހޫސީ ޖެނޮސައިޑް ފޯސްއިން ވަނީ ޒުވާނުންނާ ދިމާލަށް ދިރޭ ވަޒަނާއި ކަރުނަގޭސް ބޭނުންކޮށްފައެވެ.

 

ހިއްސާ ކުރައްވާ!