އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓައިމް މަޖައްލާގެ އެންމެ ފަހުގެ އަދަދުގައި ޖަހާފައިވާ ފޮޓޯއަކީ "އެންމެ ގޯސްކޮށް ނަގާފައިވާ އޭނާގެ ފޮޓޯ" ކަމަށް ބުނެ ފާޑުކިޔާފައެވެ. އޭނާ ބުނި ގޮތުގައި މި ފޮޓޯގައި އޭނާގެ ފަތްތައް ފެންނަން ނެތް ކަމަށާއި އިސްތަށިގަނޑު ހީވަނީ މަތީގައި ބާއްވާފައި އޮތް ތާޖެއް ހެންނެވެ.
އެނާގެ ކާމިޔާބީ، މި ސުރުޚީގެ ދަށުން ޓައިމް މަޖައްލާއިން ވަނީ ޓްރަމްޕަށް ޚުޝާމަދުކޮށްފައެވެ. ޓްރަމްޕް ބުނީ އޭނާގެ ފޮޓޯ ނަގާފައިވަނީ ވަރަށް ތާކުންތާކު ނުޖެހޭ އެންގަލަކުން ކަމަށެވެ.