ޖެނޮސައިޑް ހުއްޓާލާ އެއްބަސްވުމަށް ނަތަންޔާހޫ ގޮންޖަހައިފި

ޖެނޮސައިޑް ނުލާއި ނުހުރެވޭނެކަން ސާބިތުކޮށް ދެމުން މިއަދު (ހިފާފައިވާ ފަލަސްޠީނުގެ ވަގުތުން) މެންދުރުފަހުން ފެށިގެން މިހާތަނަށް ނަތަންޔާހޫ ދެފަހަރު ބަޔާން ދީފިއެވެ.

އެއް ފަހަރު ބުނީ ހަމާސްއިން އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށެވެ. އެހެންވެ ރަފަހަ އިން އެއްވެސް ކާނާއާއި އެހީ ގެންނަ ލޮރިއެއް ވެއްދިޔަ ނުދޭނެ ކަމަށެވެ.

ދެން ފަހުން ބުނެފައި ވަނީ ކޮންމެ ދުވަހަކު އެއްބަސްވުމުގެ ދަށުން ޣައްޒާއަށް ވައްދަން އެއްބަސްވެފައިވާ 600 އެހީގެ ލޮރީގެ ތެރޭން ޣައްޒާއަށް ވައްދަން ހުއްދަ ދޭނީ އެންމެ 300 ލޮރިއަށް ކަމަށެވެ.

މިއީ ޖެނޮސައިޑަށް ފެން ބޮވައިގެންފައިވާ ޔަހޫދީ ލީޑަރުގެ އާންމު އުސޫލެވެ.

މި ދާރޭޓުން ދާނަމަ މީނާއަށް ޖެނޮސައިޑް އަލުން ނުފަސައި ނުހުރެވޭނެއެވެ.

މައްސަލަޢަކީ ހަމާސްގެ މަހުމާންދާރީގައި ތިއްބައި ޔަހޫދީން ބޮން އެޅުމުން މަރުވެފައިޥާ ހަނގުރާމައިގެ އަސީރުންގެ ގަބުރުތައް ހަވާލު ކުރުމެވެ. މިއަދު 4 މީހެއްގ ެގަބުރު ވަނީ ހަވާލު ކޮށްފައެވެ،.

ރެޑް ކްރޮސްއިން ބުނެފައި ވަނީ ކޮންމެ ބަޔަކަށްވެސް އެބައެއްގެ މ،ީހުންގެ ގަބުރުތައް ހޯދުމަކީ އެމީހުންގެ އަމިއްލަ ކަމެއް ކަމަށެވެ.

ހަމާސްއިން އުޅުނު ތަންތަނަށް ޔަހޫދީ ޖެނޮސައިޑް ފޯސްއިން ބޮން އެޅުމުން އިމާރާތްތައް ވަނީ ފަނާވެފައެވެ. ޔަހޫދީ އަސީރުން ވަނީ އެތަންތާނގެ ދަށުވެފައެވެ.

ހަމާސްގެ އަތުގައި އަދި ޣައްޒާގައިވެސް އެކްސްކަވޭތަރެއް ނެތެވެ. ޔަހުދީން ވަނީ ހުރި ސާމާނުތައް ހަލާކުކޮށްލާފައެވެ.

ހަމާސްއިންވެސް އަދި ރެދްކްރިސްއިން ވެސް ބުނަނީ ގަބުރުތައް ހޯދަން ވަގުތު ނަގާނެ ކަމަށެވެ.

ޔަހުދީން ގަބުރުތަކުގެ ވާހަކަ ދައްކާއިރު ޔަހޫދީން ވަނީ ފަލަސްޠިނުގެ މީހުންގެ ގަބުރުތައްވެސް އަނބުރާ ދީފައެއް ނޫނެވެ. ޖެނޮސައިޑް ހިންގުން އާދައަކަށްވެފައިވާ ނަތަންޔާހޫ ބޭނުން ވަނީ ޖެނޮސައިޑް ނިންމާ އެއްބަސްވުން ފަނިކޮށްލާށެވެ!

މަތީގައި މި ވަނީ ހަމާސްއިން ދެ އަހަރު ވަންދެން ގެންގުޅެފައި ދޫކޮށްލި ޔަހޫދީ ހަނގުރާމައގެ 2 އަސީރުންނެވެ. މި ދެމީހުންނަށް ބަލައި ލާށެވެ.

މިމީހުންގެ އާއިލާއިން ބުނެފައި ވަނީ ޔަހޫދީ އަސީރުން އެނބުރި އައިސްފައި ވަނީ ދުޅަހެޔޮކޮށް ސަލާމަތުންނެވެ. އަދި އެމީހުން ވަނީ 7 އޮކްޓޫބަރުގައި ޔަހޫދީ ސިފައިން ކަން ކުރި ގޮތާއި މީހުންނާ ދިމާއަށް ބަޑިޖަހައ ޔަހޫދީި ކުޑަކުދިންނާއި އަންހެނުން އަންދާލި ގޮތާ ބެހޭ ގޮތުން މިނިވަން ތަހުގީގެއް ހިންގަން ވާނެ ކަމަށައި އެކަމަށް ގޮވާލާ ކަމަށް ބުނެފައެވެ.

ދަ އިންޑިޕެންޑެންޓުގެ އެޑިޓޯރިއަލްގައި ބުނިހެން ޖެނޮސައިޑް ނިންމާ އެއްބަސްވުމަކީ ޓްރަމްޕަށް ފެށުމެކެވެ. ނަމަވެސް އެއީ ނަތަންޔާހޫގެ ނިމުމެވެ! ބަލަން ތިބެމާ ބަހީއެވެ!

 

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް