ޖެނޮސައިޑް ނިންމަން އެއްބަސްވެފައިވާއިރު މއިަދު އަންގާރަ ދުވަހު ޔަހޫދީ ޖެނޮސައިޑް ފޯސްއިން ވަނީ އެއްބަސްވުމާ ޚިލާފަށް ފުރަތަމަ އުދުވާނީ އަމަލު ހިންގާފައެވެ.
ގައްޒާގެ އަލްއަހުލީ ހަސްފަތާލުން ބުނިގޮތުގައި ޖެނޮސައިޑް ފޯސްއިން ވަނި ޝުޖާއިއްޔާގައި ފަލަސްޠިނުގެ ފަސް މީހަކު ޝަހީދުކޮށްލާފައެވެ.
ބައެއް މީޑިއާއިން ވެސް ލަފާ ކުރަނީ މި އެއްބަސްވުން ނިމިގެންދާނީ މީގެ ކުރީގެ އެއްބަސްވުންތަކެކޭ އެއްފަދައިން ޔަހޫދީންގެ ނޭއްގާނި ކަމުން ހަމަލަތައް ފެށުމާއެކުގައެވެ.
ޔަހޫދީ ޖެނޮސައިޑް ފޯސްއިން މިހާރު ފޯރިއާއެކު އަމާޒުކޮށްފައި ވަނީ ހުޅަނގު އައްސޭރިއަށެވެ. ގިނަ އަދަދަކަށް މީހުން ހައްޔަރެއް ނުކުރެއެވެ. ނަމަވެސް ކޮންމެ ސިޓީއެއްގައިވެސް މީހުން ރުޅިއަރުވާލުމަށް ގަނާ ކުރުމުގެ އަމަލުތައް ހިންގައި ތަންތަނާއި ތަކެތި ހަލާކު ކުރަމުން ދެއެވެ. ޔަހޫދީ ޖެނޮސައިދް ފޯސްއިން ބޭނުން ވަނީ ބަޔަކު ނިކުމެ އެމީހުންނަށް ހަމަލަ ދޭށެވެ.