ސޫރިޔާގެ ޖައުލާނީ ޝައިޚު މިސްރަށް

ސޫރިޔާގެ ވަގުތީ ރައީސް ޖައުލާނީ ޝައިޚު މިއަދު މޮސްކޯއަށް ޒިޔާރަތްކުރުމަށް ވަނީ ނިންމާފައެވެ. ސީރިއާގެ ރަސްމީ މަޢުލޫމާތުގައިވާ ގޮތުން، މި ދަތުރުގައި ޠަރުޠޫސްގައި ހުރި ރަޝިއާގެ ކަނޑު އަސްކަރީ މަރުކަޒާއި ހުމައިމިމްގައި ހުރި ވައިގެ އަސްކަރީ މަރުކަޒު ތަރައްގީކޮށް ދެމެހެއްޓުމާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި ރަޝިއާއިން ހިމާޔަތް ހޯދާފައިވާ ކުރީގެ ރައީސް ބައްޝާރު އަސަދު، ސީރިއާގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ޖަރީމާތަކާ ގުޅިގެން ޝަރީޢަތަށް ހާޒިރުކުރުމަށް ރަސްމީކޮށް އެދޭނެ އެވެ.

ކުރިން ސީރިއާގެ އަލްގާއިދާގެ ޓެރަރިސްޓެއްގެ ގޮތުގައި ހުރި ޖައުލާނީ ޑިސެމްބަރު މަހު ދިމިޝްޤު ހިފި ފަހުން އައު ސަރުކާރެއް އުފައްދާފައިވެއެވެ. އޭގެ ފަހުން ބައްޝާރު ލްއަސަދު ވަނީ ރަޝިއާއަށް ގޮސް އެޤައުމުން ހިމާޔަތް ހޯދާފައެވެ.

އޭގެ ފަހުން ރަޝިއާއިން ވަނީ އިސްރާއީލުން ސީރިއާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ޑިޕްލޮމެޓިކް އެހީތެރިކަން ފޯރުކޮށްދީ ޖައުލާނީގެ ސަރުކާރާއެކު ގުޅުން ދަމަހައްޓަން މަސައްކަތްކޮށްފައެވެ. ޖުލައި މަހު ރަޝިއާގެ ރައީސް ޕޫޓިން އަދި ފޮރިން މިނިސްޓަރު ސަރގޭ ލަވްރޯވް ވަނީ ސީރިއާގެ ފޮރިން މިނިސްޓަރު އަސްޢަދު އައްޝައިބާނީއާ މޮސްކޯގައި ބައްދަލުކުރައްވާފައެވެ. މިއީ ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށްފަހު ސީރިއާގެ ފޮރިން މިނިސްޓަރަކު ރަޝިއާއަށް ކުރެްއވި ފުރަތަމަ ޒިޔާރަތެވެ.

ހިއްސާ ކުރައްވާ!