އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއެރ ސްޓާމަރު ވިދާޅުވަނީ، ހަމާސްގެ ހަތިޔާރު ނައްތާލުމުގައި އިނގިރޭސިވިލާތަށް އިސް ދައުރެއް އަދާކުރެވިދާނެ ކަމަށެވެ. އޭނާ ދެކެ ވަޑައިގަންނަވަނީ ފަލަސްޠީނަކީ އިޒްރޭލުގެ ދަށުގައި އޮންނަން ވާނެ ތަނެއް ކަމަށާއި ފަލަސްޠިނަކީ އިނގިރޭސިންގެ ދަށުގައި އޮންނަ އުތުރު އަޔަރލެންޑް ފަދަ ތަނެއް ކަމަށެވެ.
ޖެނޮސައިޑް ހުއްޓުވުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅުއްވާފައިވާ 20 ނުކުތާގެ މަސައްކަތު އޮނިގަނޑުގެ ފުރަތަމަ މަރުހަލާގައި ޖެނޮސައިޑް ހަމަލާތައް ބަދަލު ކުރުން ހިމެނެއެވެ. ސާޓާމަރު ވިދާޅުވަނީ އުތުރު އަޔަރލެންދްގައި އައިއާރްއޭ ގެ ގެރިއްލާއިންގެ ހަތިޔާރުތައް އަތުލި ގޮތަށް ހަމާސްގެ ހަތިޔާރުވެސް އަތުލެވިދާނެ ފޯމއިލާއެއް އިނގިރޭސިންނަށް ދެވިދާނެ ކަމަށެވެ. ސްޓާމަރު ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ މަގްސަދާއި އަދި ހަމާސް އަކީ އިނގިރޭސި އިސްތިއުމާރުތަކާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުގައި ހަނގުރާމަ ކުރި ޖަމާއަތްތަކާ އެއްފަދަ ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޖަމާއަތެއް ކަަމަށް ދެކެ ވަޑައި ނުގެންފައެވެ.
އައިއާރްއޭގެ ހަތިޔާރު އަތުލުމުގައި ކުރީގެ ބޮޑު ވަޒީރު މާގްރެޓް ތެޗަރގެ ވެރިކަމުގައި އިސްކޮށް އުޅުނު އިނގިރޭސިވިލާތުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޮނަތަން ޕަވެލްއަކީ 1998 ވަނަ އަހަރު އައިރިޝް ރިޕަބްލިކަން އާމީ (އައިއާރުއޭ)އާއެކު ވެވުނު "ގުޑް ފްރައިޑޭ" އެއްބަސްވުމުގެ މައި މޭސްތިރިއެވެ. އެ އެއްބަސްވުމުގެ ދަށުން އައިއާރުއޭއިން ހަތިޔާރު ދޫކޮށްލުމަށް އެއްބަސްވެ، މިނިވަން މޮނިޓަރުންގެ ބެލުމުގެ ދަށުން އެކަން ކުރިއަށް ގެންދިޔައެވެ.
އެހެންނަމަވެސް، އައިއާރުއޭއާ ޚިލާފަށް ހަމާސްއަކީ 2007 އިން ފެށިގެން ޣައްޒާ ހިންގަމުން އަންނަ ޝަރުއީ ޖަމާއަތެކެވެ. ޣައްޒާގައި ބާއްވާފައިވާ އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ހަމާސްއިންނެވެ. ފަލަސްޠީނުގެ ރައީސް މަހުމޫދު އައްބާސްގެ ކޮރަޕްޓް ސަރުކާރުން ހަމާސްއާ މުއާމަލާތު ކުރަން ބޭނުން ނުވެ ޣައްޒާ އެކަހެރިކޮށްލުމުން ޣައްޒާއަށް އިދާރީ ކާރިސާއެއް ކުރިމަތިވީއެވެ.
ހަމާސްއިން ބުނެފައި ވަނީ އެ ޖަމާއަތުގެ ހަތިޔާރު ބެހެއްޓުމަކީ މަޝްވަރާކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް ޓްރަމްޕް ވިދާޅުވެފައިވަނީ ހަމާސްއިން ހަތިޔާރު ދޫކޮށްލާނެ ކަމަށާއި، އެކަން ނުކޮށްފިނަމަ އެމެރިކާއިން އެކަން ކުރުވާނެ ކަމަށެވެ. ޓރަމްޕްގެ 20 ނުކުތާގެ ޖެނޮސައިޑް ހުއްޓުވާ ޕްލޭނަކީ ހަނގުރާމައިގެ އަސީރުން ބަދަލުކޮށް ޖެނޮސައިޑް ހުއްޓުވާ ޔަހޫދީންނަށް މޮޅު ލިބޭ ހުށަހެޅުމެކެވެ. މިއީ ދާއިމީ ސުލްހައަށް އޮތް އެއްޗެއް ނޫން ކަމަށް މުހައްލިލުން އިއްތިފާގު ވެއެވެ.







