ތަހުރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓީގެ އޮފީސްތައް ބަންދުކޮށްފި

ޕާކިސްތާންގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި ލައްބައިކަ ޔާރަސޫލުﷲ ޕާޓީގެ އޮފީސްތަކަށް ރެއިޑްކޮށް އެތަންތަން ބަންދުކޮށްފިއެވެ. ފުލުހުން މި ރެއިޑްތައް ކޮށްފައި ވަނީ އެޕާޓީގެ ލީޑަރު ސައުދު ރިޒްވީގެ ގެއަށް ރެއިޑްކޮށް އެތަނުން ގިނަ އަދަދެއްގެ ފައިސާތަކެއް ފެނުމާ ގުޅިގެން އޭނާއަށް މަނީޯލޯންޑާ ކުރުމުގެ މައްސަލާގައި ތަހިގީގެއް ފަށަން ނިންމާފައިވާ ދަނޑި ވަޅެއްގައެވެ.

ކުރިން ސިފައިންގެ ތާއީދާއެކު ހަރަކާތްތެރިވި ބްރޭލްވީ ފިކުރުގެ ތަހުރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓީގެ އޮފީސްތައް ބަންދުކޮށްފައި ވަނީ އިސްލާމްއާބާދުގެ ބަރަކާހޫ އަދި ސޯވަން ސަރަހައްދުގައި ތަންތަނަށް ރެއިޑ ްކުރުމަށް ފަހުއެވެ. ޣައްޒާ ގެ ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމާ ގުޅިެގން މި ޕާޓީން ވަނީ މުޒާހަރާއަށް ނިކުމެ އިސްލާމްއާބާދާ ދިމާއަށް ދިއުމަށް ނިންމާ ފައެވެ، އެކަމާ ގުޅިގެން ފުލުހުން އެމިހުންނަށް ހުރަސް އެޅުމުން ފުލުހުންނަށް ހަމަލަދީ އުޅަނދުތަކުގައި ރޯކޮށްލާފައި ވެއެވެ.

ޕަންޖާބު ސަރުކާރުން ވަނީ ތަހުރީކޭ ލައްބައިކަ އަކީ "ހައްދުފަހަނައަޅާފައިވާ ޕާޓީއެއް" ކަމަށް ކަނޑައަޅައި، އެ ޕާޓީ މަނާކުރުމަށް މަރުކަޒީ ސަރުކާރަށް ހުށަހަޅާނެކަމަށް އިއުލާންކޮށްފައެވެ. މި ނިންމުން ނިންމީ ޕަންޖާބުގެ ޗީފް މިނިސްޓަރު މަރްޔަމް ނަވާޒް އިސްވެ ހުންނަވައިގެން ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމެއްގައެވެ.

ތަހުރީކޭ ލައްބައިކަ އިން ބޭއްވި މުޒާހަރާތަކުގައި މުރިދްކޭގައި ހިނގި އަނިޔާވެރި ހަމަނުޖެހުންތަކުގައި ފުލުހުންގެ އޮފިސަރަކު މަރުވެ، 48 ފުލުހުން ޒަޚަމް ވިއެވެ. މީގެ ތެރެއިން 17 ފުލުހުންގެ ގަޔަށް ވަޒަން އަރާފައި ވެއެވެ.

މި ހަމަނުޖެހުންތަކުގައި ތަހުރީކޭ ލައްބައިކަ ގެ 3 މެންބަރުންނާއި އާންމުންގ ެމީހަކު މަރުވެފައިވެއެވެ. އަދި 40 އަށްވުރެ ގިނަ އުޅަނދު އަންދާލައި، އެތައް ފިހާރައެއް ހަލާކުކޮށްލާފައިވެއެވެ.

ހިއްސާ ކުރައްވާ!