ސްރީލަންކާގެ ބޮޑު ވަޒީރު އިންޑިއާގައި

ސްރީލަންކާގެ ބޮޑުވަޒީރު ހަރިނީ އަމަރަސޫރިޔާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ. މިއީ އޭނާ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ތަޢުލީމީ، ޓެކްނޮލޮޖީ އަދި ސަރަޙައްދީ އެއްބާރުލުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑުވަޒީރުގެ ދަތުރުފުޅުގައި އިންޑިއާގެ އިސް ސިޔާސީ ލީޑަރުންނާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެން.ޑީ.ޓީ.ވީ ވޯލްޑް ސަމިޓްގައި އިފްތިތާހީ ތަޤްރީރު ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، އޭނާ ކިޔަވައި ވިދާޅުވެފައިވާ ބަނާރަސް ހިންދޫ ކޮލެޖަށާއި، އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަދި ނިޓި އާޔޯގްއަށް ޒިޔާރަތްކުރައްވާ، ތަޢުލީމީ އަދި އައު އީޖާދުތަކާ ގުޅޭ އެއްބާރުލުމުގެ ފުރުސަތުތަކަށް ބައްލަވާލައްވާނެއެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން ވިޔަފާރި ބައްދަލުވުންތަކެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާގެ 'ނޭބަރހުޑް ފަސްޓް' ސިޔާސަތާއި 'މަހާސާގަރ ވިޝަން' އާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭ ދަތުރުފުޅެކެވެ. އަދި މިދަތުރުފުޅުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!