ޓްރަމްޕްގެ ވެރިކަމުގައި ޖެނޮސައިޑަށް ހިތްވަރުދީ، މުހާޖިރުންނާ މެދު އަދާވާތްތެރިވެ އެމެރިކާ ރައްޔިތުން ސިއްތިއްޔާތުގައި ވަގަށް ނަގައި ޚުދުމުތާރު ވެރިކަމެއް ހިންގަމުން ދަނީ ރަސްކަލެއްގެ ގޮތުގައި ވައިތްހައުސްގައި އިނދެގެން ކަމަށް ނުސްވެރިޔާ މެހުދީ ހަސަން ޓްރަމްޕަށް ތުހުމަތު ކުރައްވައިފިއެވެ. ވޮޝިންޓަން ޑީސީގައި އޮތް ޓްރަމްޕްގެ ހައިބަތު ބޮޑު ކުރުމާ ދެކޮޅު މުޒާހަރާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޓްރަމްޕަކީ ޖެނޮސައިޑްގެ ބައިވެރިއެއް ކަމަށެވެ. ތްރަމްޕް ވަނީ ޔަހޫދީންގެ ގާނޫނު ހަދާ މޖިލީހުގައިއޭނާ ޖެނޮސައިޑް ހިންގަން ހަތިޔާރު ދިންގޮތުގެ ވާހަކަ ކިޔައިދީ ފޮނިކަނޑާފައެވެ.
ޓްރަމްޕަށް މަލާމާތް ކުރައްވަމުން ޒީޓޯ މީޑިއާގެ ބާނީ މަހުދީ ހަސަން ވިދާޅުވީ ޓްރަމްޕް މުހާޖިރުންނާ މެދު މިހާއަދާވާތްތެރިކަމެއް ގެންގުޅޭއިރު އޭނާއަކީވެސް މުހާޖިރރުންގެ ދަރިއެއް ކަމަށެވެ. އަދި އޭނާ ކައިވެނި ކުރި ތިން މީހުންގެ ތެރޭން 2 މީހަކީވެސް މުހާޖިރުން ކަމުން ދައްކައި ދެކީ ކަމެއް ކޮށްދޭވެ ވަރުގެ ބަޔަކަށް ތިބީވެސް މުހާޖިރުން ކަމަށެވެ.
މިއަދު ޓްރަމްޕުގެ ބޮޑާކަމާއި އަބުއި ކަމާ ދެކޮޅަށް އެމެރިކާގެ 50 ސްޓޭޓުގައި މީހުން ނިކުމެ ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް "ނޯ ކިންގްސް" ގެނަމުން މުޒާހަރާތައް ކުރިއަށްދިޔައެވެ. މުޒާހަރާގެ އިންތިޒާމު ކުރި ފަރާތްތަކުން ބުނާ ގޮތުގައި ނިއުޔޯކުން ފެށިގެން ލޮސް އެންޖެލަސް އަށް 7 މިލިއަން މީހުން ވަނީ މުޒާހަރާގައި ބައިވެރިވެފައެވެ. އަދި ކުދި ސިޓީތަކާއި ޓްރަމްޕްގެ ގެއާ ކައިރި ސަރަހައްދުތަކުގައިވެސް މުޒާހަރާތައް ބޭއްވުނެވެ.

މުޒާހަރާ ކުރި މީހުން ތިބީ ތްރަމްޕަށް މަލާމާމާތް ކުރާ ލިޔުންތަކާއި ބޯޑުތައް ހިފައިގެންނެވެ. މުޒާހަރާކުރި ފަރާތްތަކުން ވަނީ ޑިމޮކްރަސީ ހިމާޔަތް ކުރުމަށް ގޮވާލައި، އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް ޓްރަމްޕް ބޭނުން ކުރާ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) އުވާލުމަށް ގޮވާލާފައެވެ. އަދި ޓްރަމްޕްގެ އަނިޔާވެރި ވެރިކަމާއި، މީޑިއާއަސށް ނުފޫޒު ފޯރުވުމާއި ސިޔާސީ ވާދަވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ވެސް މީހުން ވަނީ އަޑުއުފުލާފައެވެ.

މުޒާހަރާތައް ކުރިއަށް ދިޔައީ އަމާން ކަމާއެކު ގައެވެ. ފުލުހުން ނޭއެްގާނިވެ، މުޒާހަރާ ކުރާ މީހުންގެ ލޮލަށް ކަރުނަ ގޭސް ޖަހައި އެމީހުންގެ އަޑި ކަނޑުވާލަން ކަންފަތް ބައްކުރާ ޒާތުގެ އާލާތްތައް ބޭނުން ކޮށްފައެއް ނުވެއެވެ. ނަމަވެސް، ކަރުނަ ގޭސް ބޭނުން ކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ ލޮސް އެންޖެލަސްގައި އެކަންޏެވެ. އާންމުކޮށް ނެއްގާނި ގޮތްގޮތަށް ކަންކުރާ ޓްރަމްޕް މި މުޒާހަރާތަކަށް ރައްދު ދިނީ އޭނާ ރަސްކަލެއްގެ ގޮތުގައި ދައްކުވައިދޭ މަބު ވީޑިއޯތަކެއް ޕޯސްޓްކޮށްގެންނެވެ. އަދި ހައުސް ސްޕީކަރ (އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް) މައިކް ޖޮންސަން މި މުޒާހަރާތައް ސިފަކުރީ އެމެރިކާ ދެކެ ނަފްރަތު ކުރާ ބަޔަކު "ހޭޓް އެމެރިކާ" ގެނަމުގައި މުޒާހަރާތަކެއްގެ ގޮތުގައެވެ.







