އިނގިރޭސިވިލާތާއި ވޭލްސްގެ ކޯޓުތަކަށް ވަކާލާތު ކުރާ ވަކީލުން ބޮލުގައި ސަގާފީ ވިގް ނޭޅުން ހުއްދަ ކޮށް އައު ގަވާއިދެއް ތައާރަފް ކޮށްފިއެވެ. މި ކަން ހަމަޖެހުނީ ކަޅު ނަސްލުގެ ވަކީލުންނަށް މިފަދަ ވިގްތަކަކީ ސަގާފީ ގޮތުން ބަލައިގަންނަން ދަތި ކަމެއް ކަމަށް ބުނެ މައްސަލަ ޖެއްސުމާ ގުޅިގެންނެވެ.
އިނގިރޭސި ވަކީލުން ބޮލުގައި އަޅާ ވިގަގީ 17 ވަނަ ގަރުނުގައި ތައާރަފް ކޮށްފައިވާ އެއްޗެކެވެ. އެއިރު ފިރިހެނުންގެ މެދުގައި ޖިންސީ ގޮތުން ގައިންގަޔަށް އަރާ ކިހުނު ބަލި އާންމު ވުމުގެ ސަބަބުން ގިނަ ބައެއްގެ ބޮލުން ފަތް ފޭބުމާ ގުޅިގެން އެ އައިބު ފޮރުވުމަށް ވިގްތައް ތައާރަފް ކުރީއެވެ. މިހާރު އެކަން ވެފައި ވަނީ އިސްތިއުމާރުގެ ޒަމާނުގެ ރަމްޒަކަށެވެ.
ބާ ކައުންސިލް އިން އެކުލަވާލާފައިވާ އައު ގަވާއިދުގައި އިންގްލެންޑާއި ވެލްސްގައި ވިގް ނައަޅައި ކްރިމިނަލް މައްސަލަތަކުގައި ވަކާލާތު ކުރެވޭނެއެވެ.
މިކަމާ ދެކޮޅަށް އަޑު އުފުލި މީހަކީ ކަޅު ނަސްލުގެ ވަކީލެއް ކަމަށްވާ ލެސްލީ ތޯމަސް އެވެ. އޭނާ ބުނެފައި ވަނީ މިއީ ހުދު މީހުންނަށް ތައްޔާރުކޮށްފައިޥާ އެއްޗެއް ކަމުން ކަޅު މީހުން މި ވިގް އެޅުމުން ފެންނަނީ ޖޯކަރެއްގެ ގޮތުގައެވެ.







