ހަނގުރާމައިގެ މުޖުރިމު ޓޯނީ ބްލެޔަރ ކިބައިން އިސްލާމީ އުންމަތް ސަލާމަތް ކޮށްފި

ޣައްޒާގައި ބިން ހިފައި ނަސްލު ސާލުކޮށްލުމަށް ޓްރަމްޕް ހިންގަން އުޅުނު ސަރުކާރުގެ އަމުރުވެރިޔާގެ މަގާމަށް އައްޔަން ކުރަން ހަމަޖައްސަން އުޅުނު އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެޔަރ ކިބައިން އުންމަތް ސަލާމަތް ވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުޏާ ގޮތުން އަރަބިންނާއި މުސްލިމު ލީޑަރުން ވަނީ ބްލެޔަރގެ ހަނގުރާމައިގެ ޖަރީމާތަކުން ކިލަނބު ފަސްބަޔަށް ބަލައި އޭނާ އުންމަތުގެ އެފަދަ ކަމަކަށް އިސްކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ޓްރަމްޕަށް އަންގާފައެވެ.

ފައިނޭންޝަލް ޓައިމްސް އިން ބުނި ގޮތުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ޑިޕްލޮމެޓުން ހިމެނޭ އިތުބާރު ހުރި ތިން މަސްދަރަކުން ބުނެފައި ވަނީ ޣައްޒާގެ އަމުރު މައުރޫފު ބެލެހެއްޓުން ބްލެޔަރ އާ ހަވާލުކޮށްގެން ނުވާނެ ކަން ޓްރަމްޕަށް އަންގާފައިޥާ ކަމަށެވެ.

އަދި ސަބަބަކީ 2003 ވަނަ އަހަރު އެމެރިކާއިން އިރާގަށް އަރައިގަތުމާއި އޭނާއާ ގުޅުން ހުރި ޖަރީމާތަކެވެ.

މިކަމާ ގުޅޭ ގޮތުން ވޯލް ސްޓްރީޓް ޖާނަލްގެ އެޑިޓޯރިއަލްއެއްގައި ބުނެފައި ވަނީ ހުޅަނގު އައްސޭރި ޔަހޫދީންގެ ދައުލަތުގެ ބައެއްގެ ގޮތުގައި ގުޅުވުމާއި ޓްރަމްޕް ދެކޮޅު ހެދުމަކީ މި ވާހަކައަށް ބުރަދަނެއް ލިބޭ ކަމެއް ކަމަށެވެ.

ޓައިމް މެގަޒިންއާ ވާހަކަ ދައްކަމުން ޓްރަމްޕް ވަނީ އިސްރާއީލުން މިފަދަ ނިންމުން ނިންމައި ކުރިއަށް ދާނަމަ އެމެރިކާގެ ހުރިހާ ތާއީދެއް އިސްރާއީލަށް ގެއްލޭނެ ކަމަށް އިންޒާރު ދީފައެވެ.

ހިއްސާ ކުރައްވާ!