ޔަހޫދީންގެ ޖާސޫސެއްގެ ގޮތުގައި މަސައްކަތް ކުރި ޓްރަމްޕްގެ ރަހުމަތްތެރިޔާ ދައްލާން ޖެފްރީ އެޕްސްޓީންއާ ގުޅުން ހުރި މައްސަލަތަކެއްގައި އިނގިރޭސި ރަސްގެފާނުގެ ކޮއްކޯފުޅު ބެދުމުން އާންމުންގެ ފާޑު ކިޔުން އިތުރތު ވުމުން އޭނާ ޝާހީ ޚާންދާނުން ބޭރުކޮށްލައިފިއެވެ.
މިއަދު ޕްރިންސް އެންޑްރޫގެ ހުރިހާ ޝާހީ ލަޤަބުތަކާއި އިނާޔަތްތައް ނިގުޅައިގަތުމަށް ރަސްގެފާނު ނިންމެވިކަން ބަކިންހަމް ޕެލަސްއިން ވަނި އިއުލާން ކޮށްފައެވެ. މި ނިންމުން ނިންމާފައި ވަނީ ދައްލާލް އެޕްސްޓީން އަޅުދާސްކޮށްގެން ގެންގުޅުނު އަންހެނެއް ކަމަށްވާ ވާޖީނިއާ ގުފްރޭ އޭނާގެ މާޒިއާ ބެހޭ ގޮތުން ލިޔުނު ފޮތުގައި އެންޑްރޫއަށް ކުރި ތުހުމަތުތަކާ ގުޅިގެންނެވެ.
ބަކިންހަމް ޕެލަސްއިން ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި، ކުރިން ޑިއުކް އޮފް ޔޯކްގެ ލަގަބު ދީފައިވާ އެންޑްރޫއަށް މީގެ ފަހުން މުޚާތަބު ކުރެވޭނީ ހަމައެކަނި އެންޑްރޫ މައުންޓްބެޓަން-ވިންޑްސަރ ގެ ނަމުންނެވެ.
މި ނިންމުމާއެކު އެންޑްރޫ ވަނީ އޭނާ ދިރިއުޅުނު ރޯޔަލް ލޮޖް ދޫކޮށް، އަމިއްލަ ގެއަކަށް ބަދަލުވުމަށް ނިންމާފައެވެ. މިއީ އިނގިރޭސިންގެ ޝާހީ ޚާންދާނުގެ ތާރީޚުގައި މިފަދަ ބޮޑު މައްސަލައަކާ މިފަހުން ކުރިމަތިލާން ޖެހުނު ފަހަރެވެ.







