ފްރާންސްގައި ކޮންމެ 3 ދުވަހަކުން އަންހެނަކު މަރަމުން ދަނީ

ފްރާންސަކީ އަންހެނުންނަށް ދިރިއުޅެން ނުކުޅެދޭ ގައުމަކަށް މިހާރު ވެއްޖެއެވެ. އެގައުމުގައި އަންހެނުން މަރާލާ މައްސަލަތައް 11 އިންސައްތަ އިތުރުވެފައިވާ ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު 107 އަންހެނުން މަރާލާފައި ވަނީ އެމީހުންގެ މިހާރުގެ ނުވަތަ ކުރީގެ ފިރިމީހާ ކަމަށް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މިއީ ކޮންމެ ތިން ދުވަހަކުން އަންހެނެއް މަރާފައިވާ ކަމަށް ދައްކާ ނިސްބަތެކެވެ. ފްރާންސްގެ ދާޚިލީ ވުޒާރާއިން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާގެ ޖުމްލަ 138 މަރުގެ މައްސަލަ ރިކޯޑުކުރެވިފައިވެއެވެ. … Continue reading ފްރާންސްގައި ކޮންމެ 3 ދުވަހަކުން އަންހެނަކު މަރަމުން ދަނީ