މިސްރުގެ އައު ދާރުލްއާސާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އިފްތިތާހީ ރަސްމިއްޔާތު ބާއްވާފައި ވަނީ ނޮވެމްބަރު 1 ގައެވެ. މި ރަސްމިއްޔާތުގައި މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީ އާއި ފަސްޓް ލޭޑީ އިންތިސާރު އައްސީސީގެ އިތުރުން، ބެލްޖިއަމްގެ ރަސްގެފާނު ފިލިޕް، ސްޕެއިންގެ ރަސްގެފާނު ފިލިޕް ހަވަނަ، ޖޯޑަންގެ ރާނީ ރާނިޔާ، އަދި ގްރީސް، ހަންގޭރީ، އަދި ޖަރުމަނު ފަދަ ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ދުނިޔޭގެ އާސާރީ ތަރިކައަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި، މި 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއަކީ ތިރީސް އަހަރަށްވުރެ ގިނަ ދުވަހުގެ މަސައްކަތާއި ބިނާކުރުމުގެ ނަތީޖާއެކެވެ.
ޖީޒާގެ މަޝްހޫރު ޕިރަމިޑްތަކާ ދެ ކިލޯމީޓަރު ކައިރީގައި ހުންނަ އައު ދާރލްއާސާރަކީ އިންސާނީ ހަޟާރަތަށް ހާއްސަކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު އާސާރީ މިއުޒިއަމެވެ.
ދާރުލްއާސާރު ބިނާކޮށްފައި ވަނީ: 490,000 އަކަ މީޓަރުގައި
ދާއިމަށް އާސާރު ދައްކާލުމަށް މި މިއުޒިއަމްގައި 24,000 އަކަ މީޓަރުގެ މައުރަޒުގެ ޖާގަ ހިމެނޭ
މައިގަނޑު 12 ގެލެރީގައި ތަކެތި ދައްކާލެވޭ
މިސްރުގެ ހަތް ހާސް އަހަރުގެ ތާރީޚު ފެނިގެން ދާނެ
މިއުޒިއަމްގައި 100,000 އަށްވުރެ ގިނަ ތަކެތި ހިމެނޭ
އޭގެ ތެރެއިން 50,000 އަށްވުރެ ގިނަ ތަކެތި ދާއިމީ ގޮތެއްގައި ދައްކާލެވޭނެ
މި ތަކެތީގެ މައިގަނޑު ބަޔަކީ ތޫތުއަންޣްއާމޫންގެ އާސާރީ 5,398 ތަކެތީގެ ކަލެކްޝަން
ތޫތުއަންޣްއާމޫންގެ އާސާރު ހޯދަިއ ގަތީ މީގެ 103 އަހަރު ކުރިން
މިއުޒިއަމްގެ މުހިންމު އެކައްޗަކީ 4,600 އަހަރުވީ ޚޫފޫގެ ސޯލާ ބޯޓު
މިއީ 43 މީޓަރުގެ ލަކުޑި ބޯޓެއް
މިއުޒިއަމްގހެ އޮޑިޓޯރިއަމްގައި 10 މީހުންގެ ޖާގަ ހިމެނޭ
ކުޑަކުދިންގެ މިއުޒިއަމެއް ހިމެނޭ
މިއީ ދުނިޔޭގެ މިފަދަ އެންމެ ބޮޑު ކޮންޒަވޭޝަން ސެންޓަރު
މިތާގައި ކޮންފަރެންސްތަކާއި، ލައިބްރަރީތަކާއި، ފިހާރަތަކާއި، ރެސްޓޯރެންޓްތައް ހިމެނޭ
20,000 އަށްވުރެ ގިނަ ތަކެތި އާންމުންނަށް ފުރަތަމަ ފަހަރަށް ދައްކާލެވޭ
މި ދާރުލްއާސާރުގެ ހުރިހާ އެއްޗެއް ރަނގަޅަށް ބަލާލުމަށް ނުނިދައި 70 ދުވަސް ހޭދަ ކުރަން ޖެހޭނެއެވެ.
މިދާރުލްއާސާރަށް ޒިޔާރަތް ކުރި މީހުން ބުނީ ދުވާލު 4 ގަޑިއިރު ހޭދަކޮށްގެންވެސް މައި ގެލެރީތަކުގައި ހުރި 15,000 އަށްވުރެ ގިނަ ތަކެތި ބަލާލަންވެސް ނުފުދޭ ކަމަށެވެ.
ފޮޓޯއިން: ދުނިޔޭގެ އެންމެ ބޮޑު ދާރުލްއާސާރު އިފްތިތާހު ކޮށްފި – HIRI NEWS







