ބަގީޗާ ތެރޭން 8 ލައްކަ ޑޮލަރުގެ ރަން ހޯދައިފި

ފްރާންސްގެ މީހަކު އޭނާގެ ބަގީޗާގައި ސްވިމިން ޕޫލެއް ހަދަން ކޮންނަމުން ދަނިކޮށް ގާތްގަނޑަކަށް 8 ލައްކަ ޑޮލަރުގެ އަގުހުރި ރަން ޚަޒާނާއެއް ހޯދައިގެންފިއެވެ.

އެމީހާ މި ހޯދުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމުން، ފްރާންސްގެ އިރުމަތީ ނޮވެލް ސަރ ސައޯންގައި ހުންނަ ޓައުން ކައުންސިލުން އޭނާއަށް އެ ރަން މިލްކު ކުރުމަށް ހުއްދަ ދީފިއެވެ. ކައުންސިލުން ބުނެފައި ވަނީ ރަން ފެނުނުތަނަކީ އާސާރީ ތަނެއްގެ ގޮތުގައި ލިސްޓުކޮށްފައިވާ ތަނެއް ނޫން ކަމުން އެ ރަންތައް އޭނާއަށް މިލްކު ވެގެންވާ ކަމަށެވެ. ކައުންސިލުން އެކަން ނިންމުމަށް އޭނާއަށް އެއްޗެއް ހަދިޔާއެއް ދޭކަށް ނުޖެހުނެވެ.

ސަރަހައްދީ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާއަށް ފެނު ރަނަކީ ޕްލާސްޓިކް ކޮތަޅުތަކެއްގެ ތެރޭގައި ބަންދުކޮށް ވަޅުލާފައި ހުރި ތަކެއްޗެވެ. އޭގައި "ފަސް ރަން ބުރިއާއި އެތައް ރަންފައުނެއް ހިމެނޭ" ކަމަށް ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެރަނަކީ މީގެ ގާތްގަނޑަކަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ ތާރިޚެއްގައި އެހިސާބުގެ ރަންވިރުވާތަނަކުން ވިރުވާފައިވާ ރަންތަކެއް ކަމަށެވެ.

އެ ރަށު ކައުންސިލުން ބުނެފައި ވަނީ އެ ބަގީޗާގެ ކުރީގެ ވެރިފަރާތް މިހާރު މަރުވެފައިވާތީ މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފެއް ނުވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!