ވޯލްޑް ބޭންކުގެ ފުރަތަމަ ގްލޯބަލް ވޯޓާ މޮނިޓަރިން ރިޕޯޓުގައިވާ ގޮތުން ދަނޑުވެރިކަމުގެ ފެން ބޭނުން ނުކުރެވޭ ހަ ގައުމުގެ ތެރޭގައި ޕާކިސްތާން ހިމެނިފައިވެ އެވެ.
"ކޮންޓިނެންޓަލް ޑްރައިރިން: އަ ތްރެޓް ޓު އަވަރ ކޮމަން ފިއުޗާ"ގެ ނަމުގައި ނެރުނު ރިޕޯޓުން ހާމަވާ ގޮތުގައި ދަނޑުވެރިކަމުގައި ފެން ބޭނުން ނުކުރެވޭ ގައުމުތަކަކީ އަލްޖީރިއާ، ކެމްބޯޑިއާ، މެކްސިކޯ، ތައިލެންޑް، ޓިއުނީޝިއާ، އަދި ރޫމިނިއާއާ އެކު ޕާކިސްތާނު ކމަށް ވެއެވެ. އަދި ހަނަފަސްކަން ބޮޑު ގައުމުތަކުގެ ތެރޭގައިވެސް ޕާކިސްތާން ހިމެނިފައި ވެއެވެ.
20 އަހަރުގެ ސެޓެލައިޓް ޑޭޓާއާއި ކުރިއަރާފައިވާ މޮޑެލިންގެ މައްޗަށް ބިނާކޮށް، އެކުލަވާލާފައިވާ މި ދިރާސާއިން ހުށަހަޅާފައި ވަނީ ދަނޑުވެރިކަމުގައި ފެން މަދުންބޭނުން ކުރެވޭފަދަ ބާވަތްތަކަށް ދަނޑުވެރިކަން ފިރާލުމަށެވެ. އަދި ޕާކިސްތާންގެ ދަނޑުވެރިކަމުގެ މައްސަލައަކީ، ގިނަ ފެން ބޭނުންވާ ވައްތަރުގެ ދަނޑުވެރިކަން ކުރުން ކަމަށްވެސް ބުނެފައި ވެއެވެ. އެގޮތުން ޕާކިސްތާނުގައި ފެން ގެއްލުމުގެ ތިންބައިކުޅަ ދެބައިކުޅަ އެއްބައި މައްސަލަތައް ގުޅިފައިވަނީ މި ބާވަތްތަކުގެ ދަނޑުވެރިކަމާ ހެދި ކަމަށް ބުނަމުން މިއީ ފެނުގެ ރިސޯސަށް ބާރު ބޮޑު ކުރާ ކަމެއް ކަން ފާހަގަ ކޮށްފައި ވެއެވެ.
އެރިޕޯޓުގައި ބުނެފައި ވަނީ ފެން މެނޭޖުކުރުމުގެ ހަރުދަނާ ސިޔާސަތެއް ނެތުމުން އަހަރަކު 324 ބިލިއަން ކިއުބިކް މީޓަރުގެ ތާޒާ ފެން ގެއްލިގެންދާ ކަމަށެވެ. އަދި މިއިން 280 މިލިއަން މީހުންނަށް އަސަރުކުރާ ކަމަށްވެސް ބުނެއެވެ.
ޕާކިސްތާންގައި 2000 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފެން ބޭނުންކުރާ ނިސްބަތް ވަނީ 25 އިންސައްތައަށް އިތުރުވެފައެވެ. އަދި އިތުރުވެފައިޥާ ފެން ބޭނުން ކުރުމާ ގުޅިފައި ވަނީ މިހާރުވެސް ހަނަފަސްކަމާ ކުރިމަތިލާން ޖެހިފައިވާ ސަރަހައްދުތަކުގެ ތިންބައިކުޅަ އެއްބައި ހިމެނޭ ސަރަހައްދުތަކާ އެވެ.







