ކެމްޕޭން ކުރުމުގެ ތެރޭގައި ހަމަނުޖެހުން ހިނގަންފަށައިފި

ބަންގްލަދޭޝްގެ ޕާލަމެންޓަށް މެމްބަރުން އިންތިޚާބުގެ ކެމްޕޭން އެތައް ޑިސްޓްރިކްޓެއްގައި ފެށުމާއެކު އަނިޔާވެރި ހާދިސާތައް އިތުރުވާން ފަށައިފިއެވެ. މިއީ، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ ޕާލަމެންޓްގެ އިންތިޚާބުގެ ކުރިން ގައުމުގެ ސިޔާސީ މާހައުލާ މެދު ކަންބޮޑުވުންތައް އުފައްދާ ކަމަށެވެ.

ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ކެންޑިޑޭޓަކު ޗިޓަގޮންގްގައި ކެމްޕޭން ކުރަމުން ދަނިކޮށް އޭނާގެ ގަޔަށް ވަޒަނެއް އެރުމުގެ ސަބަބުން އަނިޔާވެފައި ވެއެވެ. އެކަމާ ގުޅިގެން ވަގުތީ ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ކަމާބެހޭ ފަރާތްތަކުން ބުނަނީ އެ ވަޒަނީ ގަސްތުގައި އޭނާއަށް އަމާޒުކޮށް ޖަހާފައިވާ ވަޒަނެއް ނޫން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ފުރިހަމަ ތަހުގީގެއް ފަށާފައިވާ ކަމަށާއި ޗިޓަގޮންގް މެޓްރޮޕޮލިޓަން ޕޮލިހުން ހަމަލާދިން މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ކޮމިއްލާގައި ބީއެންޕީގެ ކެންޑިޑޭޓެއްގެ ގޭގައި ގޮތް ނޭނގޭ ބަޔަކު ހހުޅުޖަހާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ކެމްޕޭންގެ މަރުހަލާގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ވައުދުވެފައިވާކަން ސަރުކާރުން ތަކުރާރުކޮށްފައި ވެއެވެ. އަދި، ސިޔާސީ ހުރިހާ ފަރާތްތަކަކުންވެސް ހަމަޖެހުމާއި ސުލްހަމަސަލަސްކަން ހިފެހެއްޓުމަށް އިލްތިމާސް ކުރަމުން ދެއެވެ.

ބީއެންޕީގެ ލީޑަރުން ތުހުމަތު ކުރާ ގޮތުގައި ޔުނިވާސިޓީ ޔޫނިއަންގެ އިންތިހާބުތަކުގައި ދާދި ފަހުން ހޯދި ކާމިޔާބީތަކުން ހަރުކަށި ސިޔާސީ މާހައުލެއް އުފެދިފައިވާ ކަމަށް ދައްކައެވެ. އަދި މިހަމަނުޖެހުންތަކަށް ބޭރުންވެސް އަދި ސަރުކާރުންވެސް ނުފޫޒު ފޯރުވާ ކަމަށް ބިއެންޕީގެ ކެންޑިޑޭޓުން ތުހުމަތު ކުރެއެވެ.

ހިއްސާ ކުރައްވާ!