އިންވެސްޓްމަންޓު ޕާޓްނާޝިޕްތަކަށް ހިތްވަރު ދޭ މޮޑެލަކަށް ދިއުމަށް ގޮވާލައިފި

ޕާކިސްތާނުގައި ގަތަރުން ކޮށްފައިވާ އިންވެސްޓްމެންޓުން ފައިސާ ލިބުން ދަތިވުމުން ޤަތަރު ކުންފުނި ޕާކިސްތާނު ދޫކުރުމަށް ނިންމައިފިއެވެ. މިއާއެކު ޕާކިސްތާނުން ތަރައްގީގެ މޮޑެލް އަލުން ބައްޓަން ކުރަން ޖެހޭ ގޮތާ މެދު ބަހުސެއް ފެށިފައި ވެއެވެ. މުހައްލިލުން ދެކޭ ގތުގައި މިނިވަންކަމަށް 70 އެތައް އަހަރަށްފަހު، ޕާކިސްތާނުން އެހީއަށް ބަރޯސާވުން ހުއްޓާލަން ވެއްޖެއެވެ. އަދި އޭގެ ބަދަލުގައި ސްޓްރެޓެޖިކް އުސޫލުތަކަށް ބަލައިގެން، އިންވެސްޓްމަންޓު ޕާޓްނާޝިޕްތަކަށް ހިތްވަރު ދޭ މޮޑެލަކާ ދިމާއަށް މިސްރާބު ޖަހަން ވެއްޖެއެވެ.

ޕާކިސްތާން ޓުޑޭ އިން ޝާއިއުކުރި ތަހުލީލެއްގައި ސުލައިމާން ޒިޔާ ފާހަގަ ކުރެއްވިގޮތުގައި ޕާކިސްތާނުން ބޭރުގެ އެހީއަށް ދިގު މުއްދަތަކަށް ބަރޯސާ ކޮށްފައި ވެއެވެ. އަދި ޕާކިސްތާން، މިނިވަންވި ފަހުން އައިއެމްއެފްގެ 23 ޕްރޮގްރާމަކުން ޕާކިސްތާނަށް ފައިސާ ވަދެފައި ވެއެވެ. އަދި ބޭރުގެ ދަރަނީގެ ގޮތުގައި 130 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހިފައިވާކަން ފާހަގަ ކޮށްފައި ވެއެވެ.

އައިއެމްއެފްއިން ތަކުރާރުކޮށް ޕާކިސްތާން ބެއިލްއައުޓް ކުރި ނަމަވެސް، އެގައުމުގެ އެކްސްޕޯޓް ދަށްވުމާއި، އުފެއްދުންތެރިކަން ދަށްވުމާއި، ޖީޑީޕީގެ %15 އަށް ވުރެ ދަށުން އިންވެސްޓްމަންޓް ލިބުމުން ތަރައްގީގެ އަސާސަށް ބުރޫއަރާފައި ވެއެވެ.

ދުނިޔޭގެ މިހާރު ވިސްނުން ހުރިގޮތުން، ގްލޯބަލް ޑިވެލޮޕްމަންޓް ފައިނޭންސް ވަނީ އެހިދުނުމުގެ ބަދަލުގައި އިންވެސްޓްމެންޓްގައި ހިއްސާވުމުގެ މޮޑެލެކާ ދިމާއަށް މިސްރާބު ޖަހާފައެވެ.

ގަލްފް ގައުމުތަކާއި ޗައިނާއިން ޕާކިސްތާނާ އެކު އޮންނަ އިންވެސްޓްމެންޓް ގުޅުން އަލުން ވަޒަން ކުރަމުން އަންނައިރު، މައުދަން ނެގުމާއި، ލޮޖިސްޓިކްސް، އަދި އިއާދަކުރަނިވި ހަކަތަގެ ވިޔަފާރީގެ ދާއިރާތަކަށް ސަމާލުކަން ދިނުމަށް އިސްކަން ދީފައި ވެއެވެ. ޕާކިސްތާންގެ ސްޕެޝަލް އިންވެސްޓްމަންޓް ފެސިލިޓޭޝަން ކައުންސިލް (އެސްއައިއެފްސީ) އަކީ އެފަދަ ދާއިރާތަކަށް އިންވެސްޓްމެންޓް ކުރުން ގަވާއިދުގެ ތެރޭން ހިންގާ އިދާރާއެވެ.

މުހައްލިލުން ދެކޭ ގޮތުގައި ޕާކިސްތާނުގެ ރެގިއުލޭޓަރީ ފެންވަރާއި މުއައްސަސާތަކުގެ ދެމެދުގެ ގުޅުމަކީ އޮމާންކަމާއެކު ކަންކަން ފަހިކޮށްދިނުމަށް އޮތް ހުރަސް ތަކެކެވެ.

ވޯލްޑް ބޭންކުން ގެ މިންގަނޑުން ބަލާއިރު ޕާކިސްތާންގެ ގަވާއިދު ނެގެހެއްޓުމުގެ ފެންވަރުގައި ގިންތި ކުރެވެނީ 30 ވަނަ އިންސައްތައިގެ ތެރޭގައެވެ. އެއީ ވިއެޓްނާމް އާއި އިންޑޮނޭޝިއާ ފަދަ ސަރަހައްދީ ބަރުތަކަށް ވުރެން ފަހަތުން ގިންތި ކުރެވުމެއް ކަމެއް ކަމަށް ބުނެއެވެ.

ޕާކިސްތާންގައި މައްސަލައަކީ، އިންވެސްޓްމެންޓާއި މަޝްރޫއުތަކަށް ބިން ދޫކުރުން ލަސްވުމެވެ. އެކަމުގެ ސަބަބުން އަހަރަކު ޖީޑީޕީގެ  2 ގެއްލިގެންދާ ކަމަށް ލަފާކުރެވެއެވެ.

ދެކުނު އިރުމަތީ އޭޝިއާއާގެ ގައުމުތަކުގެ ކާމިޔާބީއަކީ ޖަވާބުދާރީ ކުރުމުގެ ނިޒާމު ވަރުގަދަވެ ނަޒާހާތްތެރިކަން އިތުރުވެ، އިތުބާރު ކުރެވޭ އުސޫލުތަކާއި ގަވާއިދުތަކެއްގެ މައްޗަށް ބިނާވެފައިވާ ތަރައްގީގެ ސްޓްރެޓެޖީއަކަށް ބާރުއެޅުން ކަމަށްވެސް މުހައްލިލުން ދެކެއެވެ.

ހިއްސާ ކުރައްވާ!