ޑެންމާކްގައި 15 އަހަރުން ދަށަށް މީސްމީޑިއާ މަނާ!

ޑެންމާކްގައި ކުޑަކުދިންނަށް މީސްމީޑިއާ ބޭނުން ކުރާ އުމުރު ކަނޑައެލުމަށް ނިންމައިފިއެވެ. ޑެންމާކްގެ ޑިޖިޓަލް މިނިސްޓްރީން ބުނަނީ މީސްމީޑިއާ ކުޑަ ކުދިންނަށް ބޭނުން ކުރަން ހުއްދަ ދެވޭ އެންމެ ދަށް އުމުރަކީ 15 އަހަރު ކަމަށެވެ. ނަމަވެސް މައިންބަފައިން ބޭނުންނަމަ 13 އަހަރުގައިވެސް ހުއްދަ ދެވޭ ގޮތަށް ރަޖިސްޓްރީ ކުރެވިދާނެ ކަމަށް ބުނެއެވެ.

ސިޔާސީ ޕާޓީތަކުން ވަނީ މިކަމުގައި ޚިޔާލު އެއްގޮތް ކޮށްފައެވެ. ނަމަވެސް މިކަން ތަންފީޒު ކުރާނެ ވަކި ތާރީޚެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!