ތެހެރާން ހުރަސް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

އީރާންގެ ވެރިރަށަށް ނޮވެމްބަރު ޑިސެމްބަރު ނިމޭ އިރަށް ވާރޭ ނުވެހިއްޖެނަމަ ގައުމީ ކާރިސާއަކާ ކުަރިމަތި ލާން ޖެހިދާނެ ކަމަށް ރައީސް މަސްއޫދު ޕަޒަކްޝިއާން ވިދާޅުވެއެވެ. އަދި އެއަށްފަހު އަހަރުގެ ކުރީކޮޅުގައި ވެސް ވާރޭ ނުވެހިއްޖެނަމަ ވެރިރަށް ތެހެރާން ހުސްކޮށް އެހެން ތަނަކަށް ރައްޔިތުން ބަދަލުވާން ޖެހޭނެކަމަށްވެސް ޕަޒަކްޝިއާން ވިދާޅުވެއެވެ.

ތެހެރާންގައި 15 މިލިއަން މީހުން ދިރިއުޅެއެވެ. އަދި އީރާންގެ ފެން ރައްކާކޮށްފައިވާ ތަންތާނގައި ފެނުގެ ނިސްބަތް އުޅެނީ 35 އިންސައްތައިގައި ކަމަށް ސަރުކާރުން ބުނެއެވެ. އީރާނަށް ވަނީ ބޮޑު ހަނަފަސްކަމަކާ ކުރިމަތިލން ޖެހިފައެވެ.

ހިއްސާ ކުރައްވާ!