ހަނިމާދޫ އެއާޕޯޓު ހުޅުވަން އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބު ދިވެހިރާއްޖޭގައި

ހަނިމާދޫގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާ ބޮޑު ވަޒީރުގެ ޚާއްސަ މަންދޫބެއް މއިަދު މާލެ ވަޑައިގެންފިއެވެ.  ހނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަކީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްގީކޮށްފައިޥާ އެއާޕޯޓެކެވެ. 

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަނަށް އެއާޕޯޓުން މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލެވެ. އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން ދާއިރާގެ ވަފުދެއްވެސް ހިމެނިވަޑައިގަންނަވައެވެ.

ހިއްސާ ކުރައްވާ!