އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައިފުނަގެ ނީލަމުގައި ވިއްކާލަން އިއުލާން ކޮށްފިއެވެ. މި ގޭގެ ނީލަން ފެށޭ އަގަކީ 2.3 މިލިއަން ޑޮލަރެވެ.
ނިއުޔޯކްގެ ކުއީންސްގެ ޖެމެއިކާ އެސްޓޭޓް އަވަށުގައި ހުންނަ ފަސް ކޮޓަރީގެ މި ގެއަކީ 1940 ވަނަ އަހަރު ޓްރަމްޕްގެ ބައްޕަ ފްރެޑް ޓްރަމްޕް ބިނާކުރި ގެއެކެވެ.
ޓްރަމްޕް އާއިލާ އެ ގެ ދޫރުކިފަހުން އެތައް ފަހަރަކު އެގެ އެކި މީހުން ގަނެފައި ވެއެވެ.
އެންމެ ފަހުން އެގެ ވަނީ ފެބްރުއަރީ މަހު ރިއަލް އެސްޓޭޓް އޭޖެންޓް ޓޮމީ ލޭން އަށް 835،000 ޑޮލަރަށް ވިއްކާލާފަ އެވެ.
ލޭން ބުނަނީ އޭނާގެ އެ ގެ ގަތްއިރު އެ ގެއަކީ "ދިރިއުޅެވޭވަރުގެ ގެއެއް ނޫން" ކަމަށާއި، މަރާމާތު ކުރުމަށް ގާތްގަނޑަކަށް ބައި މިލިއަން ޑޮލަރު ހޭދަވި ކަމަށެވެ.







