އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ސެލެސްޓިސް އިން ވަނީ ބިންމަތީގައި މަރުވާ މީހާ އަންދާލުމަށް ފަހު އޭނާގެ އަޅި މިއްރީޚް ނޫނީ މާސް ޕްލެނެޓްގެ ވަށައިގެންވާ މަދާރަށް ފޮނުވައި ދިނުމުގެ ވިޔަފާރި ފަށާކަމަށް ބުނެ އިއުލާނެއް ކޮށްފައެވެ. އެކުންފުނިން ބުނަނީ މި ޚިދުމަތް 2030 ވަނަ އަހަރާ ހަމައަށް ލިބެން ފަށާނެ ކަމަށެވެ.
މި އާ މަޝްރޫއަކީ މާސް300 އެވެ. މި މަޝްރޫއުގައި މިހާރުން ފެށިގެން ބައިވެރިވުމަށް ވަނީ ފިރުސަތު ހުޅުވާލާފައެވެ.
މި މަޝްރޫޢުގައި ބައިވެރިވެގެން އަމިއްލަ މީހާގެ ނޫނީ އާިއލާގެ މެމްބަރުގެ އަޅި، މިއްރީޚަށް ފޮނުވަން ބޭނުންވާ މިހާ ދައްކަން ޖެހޭނީ މީހަކަށް 25 ހާސް ޑޮލަރެވެ. އަދި މި މަޝްރޫޢުގައި މިހާރު ރަޖިސްޓްރީ ވުމަށް 10 އިންސައްތައިގެ ޑިޕޮސިޓެއް ބަލައި ގަތުމަށް ވަނީ ހުޅުވާލާފައެވެ.
ސެލެސްޓިސް އިން ބުނެފައިވާ ގޮތުގައި، މި މަޝްރޫޢަށް ދައްކާ ހުރިހާ ފައިސާއެއް ހުންނާނީ އެސްކްރޯ އެކައުންޓެއްގައެވެ. އެ އެކައުންޓް އޮންނާނީ މި މަސައްކަތް ކުރާނެ ފަރާތަކާއި މިޝަންގެ ތަފްސީލުތައް ކަށަވަރުވަންދެން ރައްކާ ކުރެވިފައެވެ.
މިކުންފުންޏަކީ 1997 ވަނަ އަހަރު ޓެކްސަސްގައި އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނިން ވަނީ ވިޔަފާރި އުސޫލުން މީގެ ކުރިންވެސް މަރުވެފައިޥާ މީހުންނާއި މީހުންގެ ޕެޓް ޖަނަވާރުންގެ އަޅިތައް ވިޔަފާރި އުސޫލުން ދުނިޔޭގެ މަދާރަށް ފޮނުވައި ދީފައެވެ. މި ފަހަރު މިއްރީޚަށް ފޮނުވަނީ ވިޔަފާރި އިތުރަށް ރަނގަޅު ކޮށްލުމަށްޓަކައެވެ.
މި ޕްރޮގްރާމުގެ ދަށުން ދުނިޔޭގެ މަދާރަށް އަޅި ފޮނުވި މީހުންނަކީ ސްޓާރ ޓްރެކް ސިލްސިލާގެ ތަރިންނާއި މަޝްހޫރު ޢިލްމުވެރިންގެ ބައެވެ. މި އެންމެން ފޮނުވާފައި ވަނީ އެމީޙުންގެ ޖަނަވާރުން އެންދުމަށްފަހު އެސޮރުމެންގެ އަޅިއެވެ.
މާސް300ގެ ދަށުން މިކަން ކުރާނީ މާސްއަށް ދަތުރުކުރާ ކާގޯ ވެހިކަލެއްގައި ކަމަށް އެކުންފުނިން ބުނެއެވެ.
މި މިޝަންގެ ތާރީޚު ކަނޑައަޅާނީ ޓެކްނިކަލް ތައްޔާރީތަކާއި މާލީ ކަންކަމާއި އަދި ލޮޖިސްޓިކްސްގެ ގޮންޖެހުންތަކަށް ބަލާފައެވެ.







