ޔަހޫދީން ވަގަށް ނަގާފައިވާ ގައިދީންނަށް އެހީވުމުން ފަލަސްޠީނުގެ މާލީ ވަޒީރު މަގާމުން ދުރުކޮށްފިއެވެ. އައްބާސް ރައީސް ވަނީ ޔަހޫދީން ވަގަށް ނަގަިއގެން ޖަލަށް ލާފައިޥާ ރަހީނުންގެ އާއިލާތަކަށް މީގެ ކުރިން ދެމުން ދިޔަ މާލީ އިނާޔަތްތައް ހުއްޓާލުމަށް ނިންމަވާފައެވެ. ނަމަވެސް މާލީ ވަޒީރު އުމަރު ބޭޠާރު ވަނީ ރަހީނުންގެ އާއިލާތަކަށް އެހީ ވެދީފައެވެ. އެހެންވެ އޭނާ މަގާމުން ދުރުކޮށް އިސްޠަފާން ސަލާމާ ވަނި އެ މަގާމަށް ވަގުތީގޮތުން އައްޔަން ކޮށްފައެވެ.
ފަލަސްޠީނު ރަހީނުން މި ފައިސާއިން މަހުރޫމު ކޮށްފައިވާ އިރު ފަލަސްޠީނު މީހަކު ކުރާ ކަމަކުން ގެއްލުމެއް ލިބޭ ޔަހޫދީ މީހާއަށް ފަލަސްޠީނުގެ ޓެކްސް ފައިސާއިން ބަދަލު ދެއެވެ. އެކަން ކުރަނީ ޖެނޮސައިޑް ނިޒާމުންނެވެ. އެއީ ފަލަސްޠީނުގެ ޓެކްސް ފައިސާ ޖަމާވާނީ ޖެނޮސައިޑް ނިޒާމަށް ކަމުން އެ ނިޒާމުން އެ ފައިސ ާއައްބާސްގެ ސަރުކާރަށް ދެނީ ކަނޑަށް ޖެހޭ ބައިތައް ކެނޑުމަށްފަހުއެވެ.







